KL

ކޭއެލް - ނުވަތަ ކުޅުދުއްފުށީ ލައިވް ވެބްސައިޓަކީ ރަޖިސްޓްރީ ކުރެވިގެން ހިންގާ އޮންލައިން ސައިޓެކެވެ. އަޅުގަނޑުމެންގެ މަގްޞަދަކީ ދިވެހިރާއްޖޭގެ (ހާއްޞަކޮށް ކުޅުދުއްފުށީގެ) ހަބަރާއި މައުލޫމާތު ތާޒާކަމާއި ފުރިހަމައަށް ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމެވެ.

Find Us on

FacebookRSSYoutube

Subscribe by Email

ފަހުގެ ލިޔުންތަކުން

އައި.ޕީ.އެސްގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

އައި.ޕީ.އެސްގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

ކުޅުދުއްފުށީ އިރުމަތި އަވަށު ޕްރީސްކޫލްގައި މާދަރީބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާދަރީބަހުގެ ހަވީރެއް ބާއްވައިފިއެވެ. މާދަރީބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު އެސްކޫލްގައި ރައިވަރު، ބަނދި،…

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އެއް ހަފްތާކުރިން އެޕޮއިންޓްމަންޓް ހައްދައިދެނީ

26 ޖެނުއަރީ 2012

ފޮޓޯ: މުޙަންމަދު ޢަލީ (ފޮނިބޮކި)

ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އެޕޮއިންޓްމެންޓް ހައްދައިދޭ މުއްދަތަށާއި ގަޑިއަށް ބަދަލުގެންނަން ނިންމައިފިއެވެ.

މި ޖެނުއަރީ މަހުގެ 29 ވާ އާދިއްތަ ދުވަހުން ފެށިގެން އެހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ދެއްކުމަށް އެއްހަފްތާކުރިން އެޕޮއިންޓްމެންޓް ހައްދައިދިނުމަށްވަނީ ހަމަޖެހިފައެވެ. އެޕޮއިންޓްމަންޓް ހައްދައިދޭ ވަގުތެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 ން ހަވީރު 6:00 ށެވެ. މިހާރު އެޕޮއިންޓްމަންޓް ހައްދައިދެނީ އެއްދުވަސް ކުރިން މެންދުރު 12:00 ން ފެށިގެން އެޕޮއިންޓްމަންޓް ފުލްވަންދެންނެވެ.

އެ ހޮސްޕިޓަލްގެ މެނޭޖަރ އަލްފާޟިލާ ޝީޒާ އިބްރާޙީމް ކޭ.އެލްއަށް މަޢުލޫމާތު ދެއްވިގޮތުގައި މި ބަދަލުގެނައުމުގެ މަޤްޞަދަކީ ކިޔޫ ކުޑަކުރުމާއި ހުރިހާ ފަރާތްތަކަށް ހަމަހަމަ އުސޫލެއްގެމަތިން ޑޮކްޓަރަށް ދެއްކުމުގެ ފުރުޞަތު ފުޅާކުރުން ކަމަށެވެ.

އެޕޮއިންޓްމެންޓް ހެއްދުމަށާއި އިތުރު މަޢުލޫމާތު ސާފުކޮށްދިނުމަށް 6528864 ނަމްބަރ ފޯން އެކަނި ބޭނުންކުރަމުން އައިސް، ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން މިދިއަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހުވަނީ އިތުރު އެމަޖެންސީ ފޯން ނަންބަރެއްގެ ގޮތުގައި ވަތަނިއްޔާގެ 9808864 ނަމްބަރ ތަޢާރަފްކޮށްފައެވެ.

މި ލިޔުމާއިމެދު ހިތުގައި އުފެދޭ ޝުޢޫރު ފާޅުކުރެއްވުމަށް

Your email address will not be published. Required fields are marked *

*