މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިތަކަކާއެކު ހދ.ކުޅުދުއްފުށިން މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.
މަސްތުވާތެކެތި ގެންގުޅޭކަމަށް ޝައްކުކުރެވިގެން މިއަދު 14:50 ހާއިރު ކުރިއަށްގެންދިއަ އޮޕްރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކުޅުދުއްފުށީ ރަންނާޅި ގެސްޓްހައުސްއިން ކޮަޓަރިއެއް ކުއްޔަށް ހިފައިގެން ހުރި ހ.ވީސަންގެ، އަޙްމަދު ނާފިޒް ޝަރީފް (23 އަހަރު) އެވެ.
ފުލުހުންގެ މީޑިއާ އޮފިސަލް ކޭ.އެލްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި އޭނާ ކުއްޔަށް ހިފާފައިހުރި ކޮޓަރި ބަލާ ފާސްކުރުމުގެތެރޭގައި، ޑްރެސިންގ ޓޭބަލްގެ ވަތްގަނޑުން މަސްތުވާތެކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފަހުރި 1 ރަބަރު ޕެކެޓާއި، ޗުވިންގަމް ކަރުދާސް ކޮޅެއްގެ މަތީގައިހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗަކާއި، ހޮޅިކޮޅެއް އަދި ފޮއިލްކޮޅެއްވަނީ ފެނިފައެވެ.
އެމީހާ މިހާރު ހުރީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައެވެ. މި މައްސަ އިތުރަށް ތަހްގީގް ކުރަމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިސަލް ވިދާލުވިއެވެ.