KL

ކޭއެލް - ނުވަތަ ކުޅުދުއްފުށީ ލައިވް ވެބްސައިޓަކީ ރަޖިސްޓްރީ ކުރެވިގެން ހިންގާ އޮންލައިން ސައިޓެކެވެ. އަޅުގަނޑުމެންގެ މަގްޞަދަކީ ދިވެހިރާއްޖޭގެ (ހާއްޞަކޮށް ކުޅުދުއްފުށީގެ) ހަބަރާއި މައުލޫމާތު ތާޒާކަމާއި ފުރިހަމައަށް ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމެވެ.

Find Us on

FacebookRSSYoutube

Subscribe by Email

ފަހުގެ ލިޔުންތަކުން

އައި.ޕީ.އެސްގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

އައި.ޕީ.އެސްގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

ކުޅުދުއްފުށީ އިރުމަތި އަވަށު ޕްރީސްކޫލްގައި މާދަރީބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާދަރީބަހުގެ ހަވީރެއް ބާއްވައިފިއެވެ. މާދަރީބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު އެސްކޫލްގައި ރައިވަރު، ބަނދި،…

ވައިކަރަދޫއިން ދަނޑުބިން ކުއްޔަށް ދޫކުރަނީ

27 ޖެނުއަރީ 2012

ވައިކަރަދޫ ދަނދުވެރިއަކު އޭނާގެ ދަނޑުގައި މަސައްކަތްކުރަނީ

ވިޔަފާރި އުސޫލުން ބިންކުއްޔަށް ހިފައިގެން ހދ.ވައިކަރަދޫގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެ ރަށު ކައުންސިލުން އެފުރުޞަތު ހުޅުވާލައިފިއެވެ.

ކޭ.އެލްއަށް މަޢުލޫމާތު ދެއްވަމުން ވައިކަރަދޫ ކައުންސިލްގެ ނައިބްރައީސް އަލްފާޟިލް އަބްދުﷲ ޝަރީފް ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް ދޫކުރުމަށް އެއްފަރާތަކަށް އެންމެ ބޮޑުކޮށް ދޫކުރެވޭނީ  20000 (ވިހި ހާސް) އަކަފޫޓެވެ. އަދި އެންމެ ކުޑަ ކުއްޔަކަށް ހުށަހެޅޭނީ އަކަފޫޓަކަށް 3 ލާރިއެވެ. ބިޑް އުސޫލުން ދޫކުރުމަށް ހަމަޖައްސާފައިވާ އެ ބިންތައް ދޫކުރުމަށް ނިންމާފައިވަނީ އެންމެ ރަނގަޅު ހުށައެޅުމެއް ހުށައަޅާ ފަރާތްތަކަށްކަމަށް އޭނާ ވިދާޅުވިއެވެ.

ދަނޑުވެރިކަން ކުރުމަށް ވިޔަފާރި އުސޫލުން ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ 12 ފެބްރުއަރީ ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 02:00 އެވެ. ވައިކަރަދޫ ކައުންސިލުން ވިއްކަމުންދާ މި ފޯމް ވައިކަރަދޫ އަމިއްލަ ފަރުދުންނަށް ވިއްކަނީ -/50 ރުފިޔާއަށެވެ. ރަށުން ބޭރު މީހުންނަށާއި ރާއްޖޭގެ ކުންފުނިތަކަށް ވިއްކަނީ -/75 ރުފިޔާއަށެވެ. އަދި ރާއްޖޭން ބޭރު މީހުންނަށާއި ކުންފުނިތަކަށް ވިއްކަނީ -/100 ޔޫއެސް ޑޮލަރަށް ފޯމެކެވެ.

މި ލިޔުމާއިމެދު ހިތުގައި އުފެދޭ ޝުޢޫރު ފާޅުކުރެއްވުމަށް

Your email address will not be published. Required fields are marked *

*