ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރ މުޙަންމަދު ނަޝީދު، މެމްބަރުކަމުން ވަގުތުން އިސްތިއުފާ ދިނުމަށް ކުޅުދުއްފުށީ ކައުންސިލުން ގޮވާލައިފިއެވެ.
ކުޅުދުއްފުށީ ކައުންސިލުން ނަޝީދުގެ އިސްތިއުފާއަށް ގޮވާލާފައިވަނީ، ސަރުކާރާ އިދިކޮޅު ފަރާތްތަކުން މިހާރު މާލޭގައި ބާއްވަމުންދާ މުޒާހަރާގައި ނަޝީދު ބައިވެރިވެފައިވާތީ އެކަން ކުއްވެރިކޮށް އެ ކައުންސިލުން ރޭ ނެރުނު ނޫސްބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި ވާގޮތުގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން މިހާރު މާލޭގައި ހިންގަމުންދާ ހަމަނުޖެހުމުގައި ކުޅުދުއްފުށި ތަމްސީލްކުރަން ހޮވާފައިވާ އެއްވެސް މީހަކު ބައިވެރިވުމަކީ ކުޅުދުއްފުށީ ރަށު ކައުންސިލް އިންތިހާއަށް ކަންބޮޑުވާކަމެކެވެ. ސަރުކާރު ޒިންމާދާރު ކުރުވުމުގެ ނަމުގައި ސަރުކާރު ވައްޓާލަން ބަޣާވާތްކުރުމުގެ ރޫހުގައި ރައްޔިތުން ގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރ އަލްއުސްތާޛު މުޙަންމަދު ނަޝީދު ބައިވެރިވެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަކީ ކުޅުދުއްފުށީގެ އެއްވެސް ރައްޔިތަކު އެދޭކަމެއް ނޫންކަމަށް އެ ނޫސްބަޔާނުގައިވެއެވެ. އަދި ނަޝީދުގެ މިއަމަލުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވާޖިބާއި މަސްޢޫލިއްޔަތު އޮޅި ކުޅުދުއްފުށީ ރައްޔިތުންގެ މެދުގައި ނަޝީދަށް އޮތް އިތުބާރު ގެއްލިއްޖެކަމަށްވެސް އެކައުންސިލުން ބުނެފައިވެއެވެ.
ނަޝީދުގެ އަމަލު ހަރުކަށި އިބާރާތުން ކުއްވެރިކޮށް ނެރުނު މި ނޫސްބަޔާނުގައި، ވޭތުވެދިޔަ ދެތިން އަހަރު ތެރޭގައި ކުޅުދުއްފުއްޓަށާއި ބޮޑު ތިލަދުންމައްޗަށް އައިސްފައިވާ ކުރިއެރުން ފާހަގަކޮށްފައިވެއެވެ. ތާރީޚީ ފަތްފުށްތަކުން ފެންނާން އޮތް ހަޤީގަތަކީ ރާއްޖެއަށް ދިމާވި ކޮންމެ ހަލަބޮލި ކަމެއް މައިތިރިކޮށް ހަމަ މަގަށް އެޅުވުމަށް އަމަލީގޮތުން ނުކުމެފައިވަނީ އުތީމް ތިންބަޠަލުން ފަދައިން ކުޅުދުއްފުށީ ޝަހީދު ޙުސައިން އާދަމް ފަދަ ފަހުލަވާނުންކަމަށާއި، ގަހުގެ ތާރީޚަށް ބަލާއިރު ދިގު 30 އަހަރުގެ ވެރިކަމުގެ އަނިޔާވެރި މަރުހަލާގައިވެސް އެވެރިކަން ފުނޑުފުނޑުކޮށްލުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ ތިލަދުންމައްޗަށް ނިސްބަތްވާ ދަރީންކަން ކަމަށް އެ ބަޔާނުގައިވެއެވެ.
އެ ނޫސް ބަޔާން ނިންމާލާފައިވަނީ މީހުންގެ މުދަލާއި ތަކެއްޗަށް ގެއްލުންދީ ޤައުމުގެ އެކުވެރިކަމާއި ދީނީ އެއްބައިވަންތަކަން ނަގާލުމަށްފަހު 2013 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބްގެ ކެމްޕެއިނަށް ބޮޑު ތިލަދުންމައްޗަށް އަންނަ އިދިކޮޅު އެއްވެސް ފަރާތަކަށް އެ ފުރުޞަތު ނުދެވޭނެކަމަށް އިންޒާރު ދެމުންނެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ ދަރިއެއް
27 ޖެނުއަރީ 2012 ވަނަދުވަހު 22:18
ކުޅުދުއްފުށީ ކައުންސިލްގައި މުޅިންވެސް ތިބީ އެމް.ޑީ.ޕީ މީހުން. ވަރަށް ހިތާމަޔާއިއެކު ދަންނަވަންޖެހެނީ އަޅުގަނޑުމެންގެ މެންބަރު ނަޝީދަކީ ތިބޭފުޅުން ވޯޓްދީގެން ހޮވާފައިވާ މެންބަރެއްނޫނޭ. އޭރުވެސް ތިބޭފުޅުން ވޯޓްދިނީ އެމް.ޑީ.ޕީން ނިކުތް އާދަމް ވަހީދަށޭ. ވީމާ މެންބަރު ނަޝީދުގެ އިސްތިއުފާއަށް ގޮވާލުމުގެ އެއްވެސް ހައްޤެއް ތިކައުންސިލަށް ލިބިގެނެއްނުވޭ….
އަނެއްކޮޅުން މި ސައިޓަކީވެސް އެމް.ޑީ.ޕީއަށް ގޮސް ހުސްވެފައި އޮތް ސައިޓެއް. ހިޔެއްނުވޭ މިކޮމެންޓްވެސް ޖަހާނެހެނެއް…
މެންބަރު ނަޝީދުއަށް ދަންނަވާލަންއޮތީ ތިބޭފުޅާގެ ސިޔާސީ ކެރިއަރައިގެން ކުރިއަށް ވަޑައިގަންނަވާށޭ. އަޅުގަނޑުމެން މިތިބީ މަނިކުފާނުގެ ފަހަތްޕުޅުގައޭ……
ކުޅުދުއްފުށީ ދެކުނު ދާއިރާގެ އަނެއްދަރި
27 ޖެނުއަރީ 2012 ވަނަދުވަހު 22:32
ކުޅުދުއްފުށީ ކައުންސިލްގަ ތިބި 7 މެމްބަރުންނަކީ ކުޅުދުއްފުށީ ރައްޔިތުންގެ ފަރާތުން ބަސްކިއުމަށް ރައްޔިތުން ހޮވާފައިތިބި ބައެއް، އެއީ އެމް.ޑީ.ޕީ އަށް ނިސްބަތްވާ ބައެއްކަމަށްވިއަސް، ޕީ.ޕީ.އެމްއަށް ނިސްބަތްވާ ބައެއްކަމަށްވިއަސް އެއިއްވެނީ ކުޅުދުއްފުށީގެ ރައްޔިތުންގެ ބަސް، ހަޖަމްކުރޭ
ކުޅުދުއްފުށީ ދެކުނު ދާއިރާގެ ދަރިއެއް
27 ޖެނުއަރީ 2012 ވަނަދުވަހު 22:47
ރަނގަޅު ވާހަކައެއް. ކުޅުދުއްފުށީ ރައްޔިތުންގެ ފަރާތުން ބަސްކިޔަންތިބޭ ބައެއް ކައުންސިލަރުންނަކީ… ނަމަވެސް ސިޔާސީ ލީޑަރަކު މުޒާހަރާއަކަށް ނިކުތުމުން އެކަން ހަޖަމުނުވެގެން އެކަންކުއްވެރިކުރާތީ މައްސަލައަކީ. ހަޖަމުކުރަން ދަސްނުވެގެން އުޅޭމީހުން ކިތަންމެ ރަނގަޅަކަށްވެސް މިހިރަ ފެނި ހާމަވަމުންދަނީ. އެމީހެއްގެ ހިޔާލަށް އެމީހަކު ތާއީދުކުރުމަކީ މައްސަލައެއްނޫން. މެންބަރު ނަޝީދުއަށްވެސް އޭނާގެ ވިސްނުމަށް ތާއީދުކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވޭ.
ކޮން އިސްތިއުފާއަކަށް ގޮވާކަށް… ހަޖަމްކުރޭ ހަޖަމްކުރޭ….
ކުޅުދުއްފުށީ ދެކުނު ދާއިރާގެ ދަރިއެއް
27 ޖެނުއަރީ 2012 ވަނަދުވަހު 23:24
ބަލަގަ ތިޔަ ކައުންސިލުން އައްޔަނު ކޮއްފަ ހުރި މީހެއްތަ އެއީ؟ ކެކި އަރަނީ؟ 2013 ގަ ބޮޑުތިލަދުންމަތީ މީހުން ކަންތަށް ކުރާނީ މިޔެނި އެވެނި ގޮތަކަށޭ ކިޔަން ކުޅުދުއްފުށީ ކައެންސިލަރުންތީ ފަހެ ކޮންބައެއް؟ 2013ގަ އެމްޑީޕީ އަކަށް މި ބޮޑުތިލަދުންމަތިން ތާއީދެއް ނުލިބޭނެ……..
މަރިޔަނބު
27 ޖެނުއަރީ 2012 ވަނަދުވަހު 23:26
ނަޝީދު ދެއްކެވީރަނގަޅުވާހަކަތަކެއް އެކަންތަށް ހަޖަމުނުވެގެން އުޅެނީ އެމް.ޑީ.ޕީ ބައިގަނޑަށް ކޮަންމެހެން އަބްދުﷲގާޒީބަން ދުކޮށްގެނެއްނޫން މަށަައްމައްސަލައަކީ ދިވެހިރައްޔިތަކު އޭނަޔަށްލިބޭ ގާނޫނޫނީ ހިމާޔަތްނުލިބި އަސްކަރީން ދިވެހިރައްޔިތަކުބަންދުކޮށްފަހުރުން އެއީ ދިވެހިރާއްޖޭގެ މިހާރުގެ ގާނޫނު އަސާސީއާ ހިލާފުކަމަކީ ދެން ނަޝީދު މުޒާހަރާގައި ބައިވެރިވުމަކީ ނަޝީދަށް ކުޅުދުއްފުށީ ދެކުނުދާއިރާއިން ވޯޓްދިން މީހުންވެސް ތާއިދުކުރާނެ ކަމެއްކަން ތިޔަކައުން ސެލަރުން ނަށް އެނގޭބާ؟؟؟ 2013 ވަނަ އަހަރުގެ ޖުލައިގެ ފަހުން މިވަރުގެ މުޒާހަރާއެއްބާވަނިކޮށް ސްޓޭޓް އޮފް އެމަޖެންސީހިންގާ އާންމު އިންތިހާބު ބޭއްވުން ހުއްޓުވަފާނެކަމުގެ ބިރު މިހާރު ސަރުކާރުން މިއަމަލުކުރާގޮތުން އެބައޮތް އެހެންވީމަ ދިވެހިރައްޔިތުން މިކަމަށްހޭލާތިބޭތި !!!!!!!!!
ަައާދަނޭ
28 ޖެނުއަރީ 2012 ވަނަދުވަހު 00:35
ަވަކި ފަރާ ތަކަށް ނުޖެހި ހަބަރު ފަތުރާ ހާދަ ހުދު މުހުތާރޭ ދޯ
ހަސަަނު
28 ޖެނުއަރީ 2012 ވަނަދުވަހު 00:45
2013 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބްގެ ކެމްޕެއިނަށް ބޮޑު ތިލަދުންމައްޗަށް އަންނަ އިދިކޮޅު އެއްވެސް ފަރާތަކަށް އެ ފުރުޞަތު ނުދެވޭނެކަމަށް އިންޒާރު ދެމުންނެވެ.” މިހެން ބުނާ ނަމަ ކައުންސިލާމެދު ދަޢުވާ ކުރެވިދާނެ ، އެއީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ކޮންމެ ރަށަކަށް އެރުމުގެ ހައްޤު ގާނޫނު އަސާސީން ދީފައިވާތީ، އަދި މިބަޔާނަކީ އެމް.ޑީ.ޕީ މާލޭ އޮފީހުން ފޮނުވީމާ ފާރޫޤް މެން ސޮއިކޮއްލި ބަޔާނެއް ކަން މިރަށުގެ ގިނަ މީހުންނަށް މިހާރު އެނގިއްޖެ
ައަހުމަދު
28 ޖެނުއަރީ 2012 ވަނަދުވަހު 01:24
އެ ނޫސްބަޔާނުގައިވަނީ މީހުންގެ މުދަލާއި ތަކެއްޗަށްގެއްލުންދީ ޤައުމުގެ އެކުވެރިކަމާއި ދީނީ އެއްބައިވަންތަކަން ނަގާލުމަށް “ފަހު” މިގޮތަށް. އެހެންވީމާ ޤާނޫނީ ގޮޅިއަކަށް ފެނޭތެ އެއްވެސް ޖާގައެއްނެތްކަމަށް ދަންނަވަން. އަޅުގަނޑުވެސް ޤާނޫނު ދަންނަން. ޝުކުރިއްޔާ.
ައަހުމަދު
28 ޖެނުއަރީ 2012 ވަނަދުވަހު 01:31
ތިމާގެ ގެދޮރަށް ގެއްލުންދީފައި ގޮސް އެމީހާ ހަމައެގެއަށް ވަންނަން އައުމުން މިގެއަކަށް ނުވަދެވޭނޭ ކަމަށް ގޭވެރިމީހާ ބުނުމުން އެއީ އޭނާގެ ހައްޤެކޭ ގޭގެއަށް ވަނުމަކީ އޭނާގެ މިނިވަންކަމޭ، ޤާނޫނޭ، ހުދޫދޭ، ކިޔޭނޭ ޖާގައެއް އޮތްކަމަކަށް އަޅުގަނޑު ނުދެކެން. ތިޔަބުނާ ނަޝީދަކު އޭނާގެ ދާއިރާއަށް ކޮށްދިންކަމެއް ނިކަން ކޮއްކޮމެން ބުނެދީބަލަ. ރަނގަޅު ހުއްޖަތެއް ދެއްކިއްޖެނަމަ ބޭބެވެސް ޤަބޫލު ކުރާނަން.
މަވެސް ކުޅުދުއްފުށި
28 ޖެނުއަރީ 2012 ވަނަދުވަހު 09:03
ނަޝީދުގެ ޢަމަލުގެ ސަބަބުން ނަޝިދު އެގޮޑިއަށް އިންތިހާބުކުުރުމަށް ވޯޓްދެއްވި މީހުންގެ އިތުބާރު އިހުނަށްވުރެބޮޑަށް ނަޝީދަށް ލިބިގެން ހިގައްޖެކަންޔަގީނެވެ. މަ ފުރަތަމައަހާލަންބޭނުންވަނީ ނަޝީދު އެރޭދެއްކިވާހަކަ އަޑުއެހި އެއްވެސް ކައުންސިލަރަކު ކުޅުދުއްފުށީ ކައުންސިލްގައި އެބަހުރިތޯއެވެ. ނަޝީދު ތިކޮޑިއަށް ގެނައުމުގަމަށް ނަޝީދަށް ވޯޓުދިން އެންމެންވެސް ތިނިންމުމަށް ތާޢީދުކުރަނީ ކޮންމެހެން ދެވަނަ ދައުރަކު ތިގޮޑީގައި ނަޝީދަށް ދޭންބޭނުންވާތީއެއްވެސްނޫނެވެ. އެއީ ނަޝީދުގެއެބަހަކީ ހައްޤުބަސްކަމަށްވީތީއެވެ.
އައްޑަަބޯ
28 ޖެނުއަރީ 2012 ވަނަދުވަހު 10:00
ކުޅުދުއްފުށީ ކައުންސިލް އިސްތިއުފާއަށް އަހަރެން ގޮވާލަން…
ކޯރދް ޔޫސުބް
29 ޖެނުއަރީ 2012 ވަނަދުވަހު 10:18
ކުޅުދުއްފުށި މީހުންނަކީ ވަރަށް ހިތްވަރުގަދަ ބަޔަކުކަން މިއަދު މިއޮތް ހުދުމުހުތާރު ސަރުކާރައް 2013 ވޯޓްގަ ރަނގަޅައް ރަހައަޅުވާލާނަން………… ހަނދާންކުރާތި މީ އަހަރުމެންގެވެސް ރަށް ހަމަ ކައުންސިލުން ހިތުހުރިހާ ވާހަކައެއް ނޫސްބަޔާނޭ ކިޔަގެން ނުނެރޭތި……………………………….. އޯކޭޭ.
ހަސަަނު
30 ޖެނުއަރީ 2012 ވަނަދުވަހު 01:38
ރަށަށް ކަމެއް ކޮއްދިންކަމަށް ވަނީ ލާރި އާއި ދުއްވާނެ ސައިކަލާއި ގޭގައި ކައްކާ ކާންދޭނެ ބަންގާޅީއެއް ދިނީމާތަ؟ އެންމެ ފުރިހަމަ ދެ ގާނޫނު ކަމަށްވާ 17/2011 އާއި 12/2009 އަކީ ވެސް މިރަށު ދެކުނު ދާއިރާގެ މެމްބަރގެ ޑްރާފްޓެކޭ، ގާނޫނު ހަދާ މަޖިލީހަށް މީހުން ހޮވަނީ އެމީހުން އަތުން މުދަލާ ފައިސާ ހޯދައިގެން ގޭގައި ނިދަން ތިބެންތަ؟،،،،،،،،،
މުހަންމާ
30 ޖެނުއަރީ 2012 ވަނަދުވަހު 09:26
ހަސަނާ އަހަރެމެން ނުކިޔަމޭ މެމްބަރ ނަޝީދު ވިޔަފާރީގެ އުސޫލުން ޤާނޫނު ޑްރާފްޓް ނުކުރާ ވާހަކައެއް، ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައްޔިތުންގެ ބަސް އިއްވާ އެ ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތްކުރުމާއި އެ ރައްޔިތުންނަށް ޑައިރެކްޓް ފައިދާވާނެ ބިލްތައް ޑްރާފްޓްކޮށްބަލަ
ަަަަަަަަަަަަަަަަހަޖަމުކުރޭ
30 ޖެނުއަރީ 2012 ވަނަދުވަހު 16:05
ފަހުން ރަގަޅު ވާނެ……………………
ސިއްތިގޮހޮރު
31 ޖެނުއަރީ 2012 ވަނަދުވަހު 01:02
މުހަންމާއަށް ހަޖަމު ނުވީދޯ. ބަލަގަ މެމްބަރަކު މަޖިލީހަށް އަމިއްލަ ބިލު ހުށަހަޅަނީވެސް ވިޔަފާރީގެ އުޞޫލުންތަ؟ ކޮންމެ ޤާނޫނަކުންވެސް ރައްޔިތުންނަށް ކުރާނީ ފައިދާ… ޤާނޫނުން ބޭރުގަ ކަންކަން ކުރާ ބަޔަކަށް ތަނެއް ދޮރެއް ނޭނގޭނެ.