KL

KL

ކޭއެލް - ނުވަތަ ކުޅުދުއްފުށީ ލައިވް ވެބްސައިޓަކީ ރަޖިސްޓްރީ ކުރެވިގެން ހިންގާ އޮންލައިން ސައިޓެކެވެ. އަޅުގަނޑުމެންގެ މަގްޞަދަކީ ދިވެހިރާއްޖޭގެ (ހާއްޞަކޮށް ކުޅުދުއްފުށީގެ) ހަބަރާއި މައުލޫމާތު ތާޒާކަމާއި ފުރިހަމައަށް ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމެވެ.

Subscribe by Email

ފަހުގެ ލިޔުންތަކުން
ހދ.އަތޮޅުގެ ދެރަށެއްގެ ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަންފަށައިފި

ހދ.އަތޮޅުގެ ދެރަށެއްގެ ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަންފަށައިފި

ހދ.އަތޮޅުގެ ދެރަށެއްގެ ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަންފަށައިފިއެވެ. ޕޮލިސް ރިޕޯޓް އިއްޔެ ދޫކުރަން ފަށާފައިވަނީ ހދ. ނޮޅިވަރަންފަރާއި، މަކުނުދޫ ޕޮލިސް ސްޓޭޝަނުންނެވެ. މި ޚިދުމަތް ފެއްޓުމަށްޓަކައި…

ހދ.އޭއީސީގެ ތުއްތު ކުދިންގެ ޤުރުއާން މުބާރާތް ނިމިއްޖެ

27 ޖުލައި 2013
  • ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ތުއްތު ކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތް 1434 ގެ ތެރެއިން/ ފޮޓޯ: ހދ.އޭ.އީ.ސީ

    Enlarge

ހދ.އަތޮޅު ތަޢުލީމީ މަރުކަޒުން އިންތިޒާމްކޮށްގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބާއްވަމުން އަންނަ ތުއްތުކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ސިލްސިލާގެ ތެރެއިން މިއަހަރުގެ މުބާރާތް ނިމިއްޖެއެވެ.

އިއްޔެއިން ފެށިގެން ދެދުވަހުގެ މުއްދަތަށް، އެ ސްކޫލްގައި ކުރިއަށް ގެންދިއަ މި މުބާރާތަކީ މި ސިލްސިލާގެ 11 ވަނަ މުބާރާތެވެ.

މި މުބާރާތަކީ މުޅިރަށަށް ހުޅުވާލައިގެން، ތުއްތުކުދިންގެ ހިތުގައި ކީރިތި ޤްރުއާން އަށް ލޯބިޖެއްސުމާއި، ކީރިތި ޤްރުއާން ހިތުދަސްކުރުމަށް ހިތްވަރުދިނުން، އަދި ރަމަޟާން މަސް އިޙްޔާކުރުމުގެ މަޤްޞަދުގައި 10 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ބާއްވަމުންދާ މުބާރާތެކެވެ. މި މުބާރާތުގައި ހިމެނޭ އުމުރު ފުރާތަކަކީ 10 އަހަރުން ދަށް، 9 އަހަރުން ދަށް، 8 އަހަރުން ދަށް، 7 އަހަރުން ދަށް، 6 އަހަރުން ދަށް، 5 އަހަރުން ދަށް އަދި 4 އަހަރުން ދަށުގެ އުމުރުފުރާއެވެ.

119 ކުދިން ބައިވެރިވި މިމުބާރާތުގައި 7 އުމުރުފުރާއިން 79 ދަރިވަރުން ކިޔަވާފައިވެއެވެ. މުބާރާތުގައި ބައިވެރިވެ ކިޔެވީ 10 އަހަރުގެ 6 ކުދިން، 9 އަހަރުގެ 5 ކުދިން، 8 އަހަރުގެ 11 ކުދިން، 7 އަހަރުގެ 13 ކުދިން، 6 އަހަރުގެ 13 ކުދިން، 5 އަހަރުގެ 13 ކުދިން، 4 އަހަރުގެ 18 ކުދިންނެވެ. މިއީ ހަމައެކަނި ނުބަލައި ކިޔަވާ މުބާރާތެކެވެ. ކުދިން ކިޔަވާފައިވަނީ ކުރިން ކަނޑައެޅި އަންގާފައިވާ އެ ޢުމުރުފުރައެއްގެ މުޤައްރަރުގެ ތެރެއިން ގުރުއަތުން ނެގޭ 1 ސުވާލު ކިޔަވާ ގޮތަށެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ފަހުގެ ތާރީޚެއްގައެވެ.

މިދިއަ އަހަރުގެ މުބާރާތުގައި 102 ދަރިވަރުން ބައިވެރިވެފައިވެއެވެ.