ޒިގްޒެގް އިންޓަރ-އޮފީސް ފުޓްސަލް ޓޯނަރމެންޓް 2011 ގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި މިރޭ ދިރާގާ ބައްދަލުކޮށް 3 ލަނޑު 1 ލަނޑުން މެޗް ކާމިޔާބުކޮށް ޕޮލިސް ޓީމް ފައިނަލަށް ދަތުރުކޮށްފިއެވެ.

ޕޮލިސް ޓީމްގެ ގޯލްތަކަށް ބަލާލާއިރު އެ ޓީމްގެ ޖ.ނަމްބަރ 23 އަޙްމަދު މުޙަންމަދުވަނީ 2 ގޯލް ޖަހައި މެޗްގެ މޮޅު ކުޅުންތެރިއާގެ މަޤާމް ހޯދާފައެވެ. އަދި އެޓީމް  ޖ.ނަމްބަރ 12 އަޙްމަދު އިބްރާޙީމް 1 ގޯލް ޖަހާފައިވެއެވެ.

ދިރާގު ޓީމްގެ ހަމައެކަނި ގޯލްޖަހާފައިވަނީ އެ ޓީމްގެ ޖ.ނަމްބަރ 12 އަޙްމަދު ދާއޫދެވެ. އެ ޓީމްގެ ޖ.ނަމްބަރ 8 މުޙަންމަދު ޢަލީ އަށްވަނީ މި މެޗްގައި ރީނދޫ ކާޑު ދައްކާފައެވެ.

މި މެޗް ޝަރަފްވެރިކޮށްދެއްވައި، މެޗްގެ މޮޅު ކުޅުންތެރިޔާ އާ ޓްރޮފީ ހަވާލުކޮށްދެއްވީ ވަތަނިއްޔާ ޓެލެކޮމް ކުޅުދުއްފުށީގެ ސީނިއަރ ސްޕަވައިޒަރ އަލްފާޟިލް ސަޢީދު އަބޫބަކުރެވެ.

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ފާހިރު Recent comment authors

This site uses Akismet to reduce spam. Learn how your comment data is processed.

ފާހިރު
ފާހިރު

ޕޮލިސް ޓީމައް މަރުހަބާ