ޒިގްޒެގް އިންޓަރ-އޮފީސް ފުޓްސަލް ޓޯނަރމެންޓް 2011 ގެ ފަައިނަލް މެޗްގައި މިރޭ ޕޮލިސްޓީމާއި ހޮސްޕިޓަލް ޓީމް ބައްދަލުކޮށް 5 ލަނޑު 1 ލަނޑުން  މުބާރާތުގެ ޗެމްޕިއަންކަން ހޮސްޕިޓަލް ޓީމް ހޯދައިފިއެވެ.

ހޮސްޕިޓަލް ޓީމްގެ ގޯލްތަކަށް ބަލާލާއިރު އެ ޓީމްގެ ޖ.ނަމްބަރ 12 އަޙްމަދު ޤާސިމް 4 ގޯލް ޖަހާފައިވާއިރު، އެ ޓީމްގެ ޖ.ނަމްބަރ 9 އަޙްމަދު އާދަމް 1 ގޯލް ޖަހާފައިވެއެވެ.

ޕޮލިސް ޓީމްގެ ހަމައެކަނި ގޯލް ޖަހާފައިވަނީ އެ ޓީމްގެ ޖ.ނަމްބަރ 23 އަޙްމަދު މުޙަންމަދެވެ. މިއީ މިރޭގެ މެޗްގެ ފުރަތަމަ ގޯލްވެސްމެއެވެ.

ޕޮލިސް ޓީމްގެ ޖ.ނަމްބަރ 7 ފަރުހަތު މުޙަންމަދަށް ރީނދޫ ކާޑަކާއި ރަތް ކާޑެއް ދައްކާފައިވާއިރު، ހޮސްޕިޓަލް ޓީމްގެ ޖ.ނަމްބަރ 12 އަޙްމަދު ޤާސިމްއަށް ރީނދޫ ކާޑެއްވަނީ މިރޭގެ މެޗްގައި ދައްކާފައެވެ.

މިރޭ ކުޅެވުނު މި ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހޮސްޕިޓަލް ޓީމްގެ ޖ.ނަމްބަރ 12 އަޙްމަދު ޤާސިމްއެވެ.

މިރޭގެ މެޗް ޝަރަފްވެރި ކޮށްދެއްވާފައިވަނީ މުބާރާތުގެ ބައެއް ސްޕޮންސަރުންނެވެ. ޗެމްޕިއަން ޓިމާ ޓްރޮފީ ހަވާލުކޮށްދެއްވީ މުބާރާތުގެ އެއް ސްޕޮންސަރ ކަމަށްވާ އާޕޮއިންޓް ކޮމްޕެނީގެ މެނޭޖަރ އަޙްމަދު ސަޢުދެވެ. މުބާރާތުގެ މަޤާމްތަކަށް ހޮވުން ކުޅުންތެރިންނަށް ޓްރޮފި ހަވާލުކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާޙީމް ރަމީޒްއެވެ. އަދި މުބާރާތަށް އެކިގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވި ޒިގްޒެގްގެ ޗެއާމަން އަލްފާޟިލް އިބްރާޙީމް އާޞިފްއެވެ.

މުބާރާތުގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިންނަކީ ހޮސްޕިޓަލް ޓީމްގެ ޖ.ނަމްބަރ 12 އަޙްމަދު ޤާސިމް އަދި އަފީފުއްދީން ޓީމްގެ ޖ.ނަމްބަރ 21 އަޙްމަދު ޤާސިމްއެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ދިރާގު ޓީމްގެ ޖ.ނަމްބަރ 12 އަޙްމަދު ދާއޫދާއި،  ޕޮލިސް ޓީމްގެ ޖ.ނަމްބަރ 7 ފަރުހަތު މުޙަންމަދާއި،  ހޮސްޕިޓަލް ޓީމްގެ ޖ.ނަމްބަރ 1 އަބްދުލްގުއްދޫސް އުމަރާއި،  ޕޯޓް ޓީމްގެ ޖ.ނަމްބަރ 5 މުޙަންމަދު ޙަސަން އަދި  ހޮސްޕިޓަލް ޓީމްގެ ޖ.ނަމްބަރ 12 އަޙްމަދު ޤާސިމްއެވެ. މުބާރާތުގެ އެންމެ އުއްމިދީ ކުޅުންތެރިއަކީ ޔޫޓިލިޓީޒް ޓީމްގެ ޖ.ނަމްބަރ 10 ޚާލިދު ޙަސަންއެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކީ އެސް.ޓީ.އޯ ނޯތް ޑިސްޓްރިބިއުޝަން ސެންޓަރއެވެ. ރަނަރަފް ޓީމަކީ ޕޮލިސް ޓީމެވެ. އަދި ޗެމްޕިއަން ޓީމަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޓިމެވެ.

 

avatar
4 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
4 Comment authors
ލިޔެފަބެލިމީހާހަސަަނުބެލުންތެރިއެއް Recent comment authors

This site uses Akismet to reduce spam. Learn how your comment data is processed.

ލިޔެފަ
ލިޔެފަ

ހޮސްޕިޓަލުން ވަޒީފާ ދެނީ ފުޓްބޯޅަ ކުޅުންތެރިންނަން ވިއްޔާ….

ބެލިމީހާ
ބެލިމީހާ

ހޮސްޕިޓަލް ޓީމް ކުޅުން ތެރިންނާ ސަލާމް ނުކޮށް ޕޮލިސްޓީމް ކޯޗް ހުރީދުރުގަ. ދެޓީމައްވެސް މަރުހަބާ

ހަސަަނު
ހަސަަނު

ހޮސްޕިޓާ ޓީމަށް މަރުހަބާ! ސަމަދު މިރޭ ތި ދައްކުވައިދިނީ ނުކުޅުނަސް ޓީމު މޮޅުކޮށްދެވިދާނެ ކަމުގެ ރިވެތި މިސާލެއް އަދިވެސް އަހަރެމެންގެ ހޮސްޕިޓާ ޓީމައި އެކު ތިގޮތުގައި ގިނަ ކުރިއެރުންތަކެއް ހޯދާނެކަމަށް ޔަޤީން ކުރަން؟ މިރޭ އަހަރެމެންނަށް މިލިބުނު ކާމިޔާބީގައި އުފަލާއި އެކު ސަމަދު ބައިވެރިކުރަން. . . .

ބެލުންތެރިއެއް
ބެލުންތެރިއެއް

ހޮސްޕިޓަލް ޓީމަށް މަރުހަބާ! ސާބަސް ތިކުރި ހިއްވަރަށް !