ބޭނުންވާނެ ތަކެތި

2  ޖޯޑު ހުންނަހާ ރޯމަސް (ކޮށައި ތެލުލާފައި ހުރި)

2 ފިޔާ (ބޮޑެތިކޮށް ކޮށާފައި)

2 ކެޕްސިކަމް (ކަރުނަގައި ކޮށާފައި)

1 ފަޅި ބެލްޕެޕަރ (ކޮށާފައި)

2 ފޮތި އަލނާސި (ކޮށާފައި)

1 ސައި ސަމުސާ ކޯން ފްލަރ

2/1  ސައި ސަމުސާ ހަކުރު

2 ލޮނުމެދު (ހިމުންކޮށް ކޮށާފައި)

1 ސައި ސަމުސާ އިނގުރު (ވަރަށް ހިމުންކޮށް ކޮށާފައި)

3/1  ސައި ސަމުސާ މުގުރި އަސޭމިރުސް

1 ސައި ސަމުސާ އަޖިނަމޮޓޯ

2/1 ޖޯޑު ޗިލީ އެންޑް ގާލިކް ސޯސް

2/1 ޖޯޑު ޓޮމާޓޯ ސޯސް

4/1 މުގުރި އަސޭމިރުސް

  ލޮނުކޮޅެއް

  ތެޔޮ ފޮދެއް

ތައްޔާރު ކުރައްވާނެ ގޮތް

ތަވާ އުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާލާފައި ހޫނުވީމާ ފިޔާ އަދި ކެޕްސިކަމް އަޅާފައި ކުޑަކޮށް މޯޅިވަންދެން ދޭފަތުން ހަލަމުންގެންދާށެވެ. ދެން ބެލްޕެޕަރ ، އަލަނާސި އަދި މަސްކޮޅުވެސް އަޅާލާށެވެ. އަލަނާސިކޮޅު ވަޅޯވެލީމާ ބާކީ ހުރި ހުރިހާ ބާވަތްތައްފަހަރަކު ބާވަތެއް އަޅަމުންދާށެވެ. ކޯން ފްލަރކޮޅާއި ހަކުރުކޮޅު ކުޑަ ފެންފޮދެއްގައި (ކިރިޔާ ރޯފިލާވަރުގެ ފެންފޮދެއްގައި) ގިރާފައި އަޅާލާށެވެ. ދެން ކެކި ރަހަ ހިފުމުން އުނދުންމަތިން ބާލާށެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.