ފުރަތަމަ މެޗް ކާމިޔާބުކުރީ ހދ.ރީޖަނަލް ހޮސްޕިޓަލްގެ ޓީމް

ކުޅުދުއްފުށީ ޖަމްޢިއްޔާއެއްކަމަށްވާ ޒިގްޒެގް ފޯރ ޔޫތް ލިންކޭޖްގެ ފަރާތުން ބާއްވާ ތިންވަނަ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް މިއަދު ފަށައިފިއެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ބައްދަލުކޮށްފައިވަނީ ދިރާގާއި ރީޖަނަލް ހޮސްޕިޓަލެވެ. މިދިއަ އަހަރުގެ ޗެމްޕިއަން ރީޖަނަލް ހޮސްޕިޓަލް މި މެޗް ކާމިޔާބުކުރި 2 ލަނޑު 3 ލަނޑުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރީޖަނަލް ހޮސްޕިޓަލްގެ ޖޯޒީ ނަމްބަރ 17 އަޙްމަދު އާދަމްއެވެ.

މިއަދުގެ މެޗް ޝަރަފްވެރި ކޮށްދެއްވާފައިވަނީ މުބާރާތުގެވެސް ޝަރަފްވެރި މެހެމާން، ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާޙީމް ރަމީޒެވެ.

”ހޭންޑްސް އެގެއިންސްޓް ކޮރަޕްޝަން” މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި މުބާރާތް ފެށުމުގެގޮތުން މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި، ”ހޭންޑްސް އެގެއިންސްޓް ކޮރަޕްޝަން” ޖަހާފައިވާ ބޯޑެއްގައި އަތުގެ ނިޝާންޖެހުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މުބާރާތުގެ ޝަރަފްވެރި މެހެމާންގެ އިތުރުން މުބާރާތުގައި ވާދަކުރާ އޮފީސްތަކުގެ ފަރާތުން ބޭފުޅަކުވަނީ މި ބޯޑްގައި އަތުގެ ނިޝާން ޖައްސަވާފައެވެ.

މުބާރާތުގައި ބައިވެރިވި 11 ޓީމް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް 1 ގައި ހިމެނޭ 6 ޓީމަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ދިރާގާއި، އަފީފުއްދީން ސްކޫލާއި، ހދ.އަތޮޅު ތަޢުލީމީ މަރުކަޒާއި، އެސް.ޓީ.އޯ އަދި ހދ.އަތޮޅު ކައުންސިލެވެ. ގްރޫޕް 2 ގައި ހިމެނޭ 5 ޓީމަކީ ކުޅުދުއްްފުށީ ޕޮލިސް ސްޓޭޝަނާއި، ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑާއި، ކަސްޓަމްސްއާއި، އެމް.އެން.ޑީ.އެފްގެ އިތުރުން ކުޅުދުއްފުށީ ކައުންސިލެވެ.

ސަރުކާރު އޮފީސްތައް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތް ކުރިއަށްދާނީ މިމަހުގެ 10 ން 27 ށެވެ. މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ހޮސްޕިޓަލާއި ދިރާގެވެ.

މާދަމާގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އަފީފުއްދީން ސްކޫލާއި ހދ.އަތޮޅު ތަޢުލީމީ މަރުކަޒެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ އެސް.ޓީ.އޯ އާއި ހދ.އަތޮޅު ކައުންސިލެވެ.

avatar
5 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
5 Comment authors
ރައްޔިރުއަވަދިމޯޑުކިޔުންތެރިއެއްހަސަން Recent comment authors

This site uses Akismet to reduce spam. Learn how your comment data is processed.

ރައްޔިރު
ރައްޔިރު

ޒިގްޒެގް ހަބޭސް

އަވަދި
އަވަދި

ހަާދަ ހަޖަމުު ނުވެޔޭ، މިހަމަ ކޮރަޕްޓު، ހަމަ ނުބައި މީހަކައް ދިނީ، މި ކޮމެންޓު ޖެހޭނެބާ؟

މޯޑު
މޯޑު

ކޮރަޕްޝަނާ ދެކޮޅޭ ކިޔާފައި ފުރަތަމައިނުންވެސް ތިއޮތީ ގޯސްވެފައި. މޭންއޮފްދަމެޗް ތިއޮތީ ގޯޅި އަޅާފައި

ކިޔުންތެރިއެއް
ކިޔުންތެރިއެއް

މި މުބާރާިތަކީ ވަރަށް ރަގަޅު މުބާޜާތެއް. އާއްމުކޮށް ފުޓުބޯޅަ ނުކުޅެ ތިބޭ ޒުވާނުންގެ ހުނަރު ދައްކާލުމަށް ލިބޭ ވަރަށް ރަގަޅު ފުރުސަތެއް. ޒިގްޒެގްގެ މެނޭޖްމަންޓަށް ބޔުނެލަން މިމުބާރާތުގައި ތިހޮވާ މަގާމުތަކުގެ އިތުރުން އެންމެ ދުވަސްވީ ފުޓުބޯޅަ ކުޅުންތެރިޔާ އަދި އާއްމުކޮށް ފުޓުބޯޅާ ނުކުޅޭ މީހުންގެ ތެރެއިން މިމުބާރާތުގައި ފެނިގެންދާ އެފަދަ މީހުންގެ ތެރެއިން އުންމީދީ ނުވަތަ އެންމެ މޮޅު ކުޅުންތެރިޔެއް ފާހަގަކުރުން. ހަމަ ހިޔާލެއް.

ހަސަން
ހަސަން

ޓޯނާ ވެސް ހައްގު މެންއޮދިމެޏް އަށް މަށަށް ފެންނަ ގޮތުގަ!