އާދަމް އިސްމާޢީލް ލީގުގައި ކޮރަލްސް ޔުނައިޓެޑާއި ޑްރިބްލް އިއްޔެ ބައްދަލުކުރި މެޗް 2-2 ލަނޑުން އެއްވަރުވެއްޖެއެވެ.

ޑްރިބްލް ދަނޑުކަމަށްވާ ކުޅުއްދުފުށީ ޒޯން ސްޓޭޑިއަމްގައި ކުޅެވުނު މި މެޗްގައި ކޮރަލްސް ޔުނައިޓެޑްގެ ދެ ގޯލްވެސް ޖަހާފައިވަނީ އެ ޓީމްގެ ޖ.ނަމްބަރ 12 އަޙްމަދު އިބްރާޙީމެވެ. ޑްރިބަލްގެ ގޯލްތައް ޖަހާފައިވަނީ އެ ޓީމްގެ ޖ.ނަމްބަރ 12 އަޙްމަދު ގާސިމްއާއި ޖ.ނަމްބަރ 6 ޢަލީ އިބްރާޙީމެވެ.

ގިނަ ކާޑުތަކެއް ފެނިގެންދިއަ މިމެޗްގައި ޑްރިބްލްގެ 5 ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކާފައިވާއިރު, ލޮރަލްސް ޔުނައިޓެޑް ގެ އެއް ކުޅުންތެރިއަކަށް ރީނދޫ ކާޑު އަދި އެއް ކުޅުންތެރިއަކަށް ރަތް ކާޑުދައްކާފައިވެއެވެ. ކޮރަލްސް ޔުނައިޓެޑްގެ ޖ.ނަމްބަރ 8 އަޙްމަދު ޙަސަން އަަށް ދެއްކި ރީނދޫ ކާޑުގެ މައްސަލަ މުބާރާތުގެ ޑިސިފްލިނަރީ ކޮމެޓީއަށް ހުށަޅާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ކޮރަލްސް ޔުނައިޑަށް ދެ ގޯލްވެސް ކާމިޔާބުކޮށްދިން އަޙްމަދު އިބްރާޙީމް މި މެޗްގެ މޮޅުކުޅުން ތެރިއަކަށް ހޮވިފައިވާއިރު, އެޓީމްގެ ދެ އޮފިސަލަކުވަނީ އަދަބާ ޚިލާފުވެގެން ބެންޗުން ފޮނުވާލާފައެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.