އައްޑޫ ސިޓީ ހިތަދޫ ސިއްހީ ޚިދުމަތް ތަރައްޤީ ކުރަން މިއަހަރު 308 މިލިޔަން ރުފިޔާ ޚަރަދު ކުރާނެ ކަމަށް ހެލްތު މިނިސްޓަރ ޑރ. މަރިޔަމް ޝަކީލާ ވިދާޅުވިއިރު 60 ހާހެއްހާ ރައްޔިތުންނަށް ޚިދުމަތް ދޭން ހުރި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތް ތަރައްޤީ ކުރަން މިއަހަރު ކިހާ ރުފިޔާއެއް ޚަރަދު ކުރާނެބާއެވެ؟

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް  ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކޮށް، އެ ހޮސްޕިޓަލްގައި ތިއޭޓަރެއް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް މި ޖޫންމަހުގެ 12 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ ވިދާޅުވީ އާ ތިއޭޓަރ އަޅައި، މިހާރު ހުރި ތިއޭޓަރ މަރާމާތު ކުރުމަށް ސަރުކާރުން 1.5 މިލިޔަން ރުފިޔާ ހަރަދު ކުރާނެކަމަށެވެ.

33 ހާހެއްހައި ރައްޔިތުން ދިރިއުޅޭ އައްޑޫ ސިޓީ، ނުވަތަ ފުވައްމުލަކުގެ 12 ހާހެއްހައި ރައްޔިތުންނާ އެއްކޮށް 45 ހާހެއް ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ހުރި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ޚަރަދުކުރަމުން ދާއިރު، 60 ހާހެއްހާ ރައްޔިތުންނަށް ޚިދުމަތް ދޭން ހުރި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މަތިން ސަރުކާރު ހަނދާން ނެތުނީހެއްޔެވެ؟ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތާޝިއަރީ ފެންވަރަށް ބަދަލުކުރުމުގެ ވަޢުދުގެ މަތިން ހަނދާން ނެތީހެއްޔެވެ؟

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތާޝިއަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް 2013 ވަނަ އަހަރު ފަށާނެކަމަށް ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ 2013 ވަނަ އަހަރަށް ދައުލަތުން ލަފާކުރި ބަޖެޓް ރައްޔިތުން މަޖިލީހަށް ހުށަހަޅުއްވަމުން 27 ނޮވެމްބަރ 2012 ވަނަ ދުވަހުއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ކުޅުދުއްފުށީ ރިޖަނަލް ހޮސްޕިޓަލާއި އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ތާޝިއަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް 2013 ވަނަ އަހަރު ފަށާނެއެވެ. ސަރުކާރު ބަދަލުވެއްޖެއެވެ. ފިނޭންސް މިނިސްޓަރަކަށް ހަމަ ހުންނެވީހަމަ އެބޭފުޅާއެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ތާޝިއަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށުނުއިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މަސައްކަތް ނުފެށުނީ ހަމަ ކޮންމެ ކަމެއްގައިވެސް ދެކުނު އިސްކުރާ އުސޫލުން ބާއެވެ.

އަންހެނުންގެ ޚާއްޞަ 3 ޑޮކްޓަރުން މަދުވެގެން ތިބެން ޖެހޭ ކުޅުދުއްފުށީ ހޮސްޕިޓަލްގައި ހުރީ އަންހެނުންގެ ޚާއްޞަ އެންމެ ޑޮކްޓަރެކެވެ. ކުރިންހުރި ޑޮކްޓަރ ދިޔަތާ 4 މަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ށ.އަތޮޅު ހޮސްޕިޓަލްގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއް ހުރިއިރު، ހޭނައްތާ ޑޮކްޓަރެއް ނެތެވެ. ނޯމަލް ޑެލިވަރީ ފިޔަވައި އެހޮސްޕިޓަލުންވެސް ރެފަރ ކުރަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެތެރެހަށީގެ ޑޮކްޓަރެއް ނެތްތާ 7 މަސްވެއްޖެއެވެ. އެކްސްރޭ މެޝިން ހަލާކުވެފައި ހުންނަތާ 3 އަހަރަށްވުރެ ގިނަވީއެވެ. ޕޯޓަބަލް އެކްސްރޭ މެޝިނަކުން ނެގޭ މައިނަރ އެކްސްރޭއެއް ފިޔަވައި އެކްސްރޭ ނެގޭނެގޮތެއް ނެތެވެ. ހުރި ސްކޭން މެޝިންގ ހާލަތުގެ ވާހަކަ ދެއްކީމަށްވުރެ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ހޮސްޕިޓަލްގެ 4 ވޯޑްގައި ބޭނުންކުރަން ހާރަކަސް ތަރާވީހަކަސް ހުރީ އެންމެ އީސީޖީ މެޝިނެކެވެ.

އުތުރުގެ ރައްޔިތުން މިހާލަތުގައި ތިބެންވީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟

avatar
8 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
0 Comment authors
ކައުންސިލްސަނާމުގުގެސްބެއްޔޯބެފިނޭ މުޙައްމާ ކަލޯ ގޯތި ފާނޫޒް Recent comment authors

This site uses Akismet to reduce spam. Learn how your comment data is processed.

ކައުންސިލް
ކައުންސިލް

މިހާރުގެ މެނޭޖަރު އަމިއްލާއަށް އިސްތިއުފާ ދޭން ލަސްވެއްޖެ.އޭނާ އަކަށް ހޮސްޕިޓަލް ނުހިންގޭ.

ސަނާމުގު
ސަނާމުގު

ސާބަހޭ މުހައިމިން ސަޅި ލިޔުމެއް..

ގެސް
ގެސް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާރޝަރީ ލެވަލް ގެ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ކުރަން ޖެހޭ ކަންތަށް ޖުލައި މަހުގެ ތެރޭގައި ފެށޭނެ.

ބެއްޔޯބެ
ބެއްޔޯބެ

ވާގޮތަކީ ބޮޑު ތިލަދުންމަތި ކިޔާތިވެސް މިހިސާބު މީހުން ކަމަކު ނުދޭ… އެކަމަކު ކަމަކު ޖެހުނީމަ ގޯނި ފުލަށް… ކަމެއް ކޮއްދޭންވީމަ، އެކަމާ އެބައުޅެން…. ކަމެއް ބޭނުންވީމަ ، ބޮޑު ތިލަދުންމަތި ބޮޑު ތިލަދުންމަތި ބޮޑު ތިލަދުންމަތި ބޮޑު ތިލަދުންމަތި ބޮޑު ތިލަދުންމަތި ……….

ފިނޭ މުޙައްމާ ކަލޯ ގޯތި ފާނޫޒް
ފިނޭ މުޙައްމާ ކަލޯ ގޯތި ފާނޫޒް

ވައުދުވެ ވަޢުދު ނުފުއްދުމުން އެންމެންގެ ހިތްހަމަ ނުޖެހުން ލިބެމުން މިދަނީ. އަނެއް އިންތިހާބުގަ ނޭގެ ކުޅުދުއްފުށި ވަށައިގެން ބިއްލޫރިޖަހާ މުޅިރަށް އެއަރކޯން ކުރުމުގެ ވައުދު ނޫންކަމެއް ވާނީ. ރައްޔިތުންނާ ބައްދަލު ކުރަމުން ބުނާނެ. އަޅުގަނޑަށް ވެރިކަން ލިބިއްޖެ ނަމަ ކުޅުދުއްފުށީ ރައްޔިތުންނަށް މިވާ ހޫނުން ސަލާމަތްކުރުމަށް އުފާވެރި ދިރިއުޅުމަކަށް މުޅިރަށުގަ ތަށިމުށިޖަހާ ރަށް އެކުގަ ހިޔާކޮށް ރަށް ވަށައިގެން ބިއްލޫރިޖަހާ ބިއްލޫރީ 2 ޖެޓީ ހަދާ ފުޅިމަދު ފެރީ ހަދައިދީ މުޅިރަށް އެއަރކޯން ކޮށްދޭނަން. ހެވިފަ އެންމެން ތިބޭ އަތްތިލަބަޑި ޖަހާފަ ބޮނޑިބަތްކާން. ލަލަލާ……………………