ރަމަޟާން މަހަކީ ހެޔޮކަމާއި ބަރަކާތްތެރި ކަމުގެ މައްސަރެކެވެ. ހެޔޮކަމާއި މަޣުފިރަތުގެ ފޯވައްސެކެވެ. އަދި މާތްﷲއަށް ތަޤުވާވެރިވުމަށާއި ކުރެވިފައިވާ ކުށްފާފަތަކުން ތައުބާ ވުމުގެ ދުވަސްތަކެކެވެ. އެހެންކަމުން މިބަރަކާތްތެރި ރަމަޟާން މަހުގެ ދުވާލާއި ރޭގަނޑުގެ ވަޤުތުތަކުގައި މާތްﷲއަށް ދުޢާ ކުރުން ގިނަ ކުރަން ޖެހެއެވެ. ދުޢާ އަކީ މުއުމިނުންގެ އެންމެ ވަރުގަދަ ހަތިޔާރެވެ. އެހެންކަމުން ހުރިހާ ވަޤުތެއްގައިވެސް ދުޢާ ކުރަންޖެހެއެވެ. އަދި ޚާއްޞަ ގޮތެއްގައި މިބަރަކާތްތެރި މައްސަރުގައި ދުޢާކުރުމާއި މާތްﷲއަށް ކަންކަން ދެންނެވުން އިތުރު ކުރަންޖެހެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ” إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ، صُفِّدَتِ الشَّيَاطِيْنَ وَمَرَدَةِ الْجِنِّ، وَأُغْلِقَتْ أَبْوَابُ النَّارِ، فَلَمْ يُفْتَحْ مِنْهَا بَابٌ، وَفُتِحَتْ أَبْوَابُ الْجَنَّةِ فَلَمْ يُغْلَقْ مِنْهَا بَابٌ، وَيُنَادِيْ مُنَادٍ: يَا بَاغِيَ الْخَيْرِ أَقْبِلْ، وَيَا بَاغِيَ الشَّرِّ أَقْصِرْ. وَلِلَّهِ عُتَقَاءَ مِنَ النَّارِ وَذَلِكَ كُلُّ لَيْلَةٍ “(رواه الترمذي وابن ماجه)

މާނައީ: ” ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ރޭ ނުބައި ނުލައިފާ ޖިއްނި ޝައިޠާނުންނުން ކަސްތޮޅު އެޅުވޭ ހުއްޓެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެވޭ ހުއްޓެވެ. އަދި ރަމަޟާންމަހުގައި އެއިން އެއްވެސް ދޮރުކޮޅެއް ނުހުޅުވޭ ހުއްޓެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭ ހުއްޓެވެ. އަދި މިމަހުގައި އެއިން އެއްވެސް ދޮރުކޮޅެއް ބަންދު ނުކުރެވޭ ހުއްޓެވެ. އަދި ނިދާ އިއްވަވާ ބެއިކަލަކު ނިދާ އިއްވަވާ ހުއްޓެވެ. ހެޔޮކަންތަކަށް އެދޭ މީހާއެވެ. ހެޔޮކަންތަކާވީ ފަރާތަށް އަވަސްވެ ގަންނާށެވެ. އަދި ނުބައިކަންތައް ކުރާ މީހާއެވެ. ނުބައިކަންތައް ކުރުމުން ދުރުވެގަންނާށެވެ. އަދި ﷲ އެންމެން ނަރަކައިން މިންޖުކޮށް ދެއްވާ ހުއްޓެވެ. އަދި މިގޮތަށް ރަމަޟާންމަހުގެ ކޮންމެ ރެއަކު ކަން ހިނގަމުންދެއެވެ.”

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ ދުޢާ އިޖާބަކުރައްވާނެ ޚާއްޞަ ވަޤުތުތަކަކާއި ތަންތަން ވެސް ބަޔާންކޮށްދެއްވާފައެވެ. އެވަޤުތުތަކަށް ބަލައިގެން ދުޢާ ކުރުމަކީ އިތުރުވެގެންވާ ކަމެކެވެ. އަދި އިލާހީ ޙަޟްރަތުގައި ދުޢާ ޤަބޫލުކުރެއްވުންވެސް އަވަސްވާނެއެވެ. މިގޮތުން ރަމަޟާންމަހުގައި ކުރާ ދުޢާއާއި ރޯދަވެރިޔާ ކުރާ ދުޢާ މާތްﷲ އިޖާބަ ކުރައްވާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

ثلاثةلاترد دعوتهم:الصائمحينيفطروالامامالعادلودعوة
المظلوم (رواه الترمذي)

މާނައީ: ” ތިންމީހެއްގެ ދުޢާ މާތްﷲ ރައްދު ނުކުރައްވައި އިޖާބަ ކުރައްވާ ހުއްޓެވެ. އެއީ ރޯދަވެރިޔާ ރޯދަވީއްލާ ވަޤުތު ކުރާ ދުޢާއާއި ޢަދުލުވެރި އިމާމުމީހާ ކުރާ ދުޢާއާއި އަދި އަނިޔާވެރިޔާ ކުރާ ދުޢާއެވެ.”

މިފަދަ މާއްދިއްޔަތުގެ ތެރެއަށް ޣަރަޤުވެފައިވާ ޒަމާނެއް ގައި މާތް ﷲ އަށް ޒިކުރުކޮށް، އެކަލާނގެ އަށް ދުޢާކުރުން މަތީ ގައި ދެމިހުރުމުގެ ބޭނުންތެރިކަން ވަނީ ބޮޑުވެފައެވެ. މިއަދު އަޅުގަނޑުމެންގެ ކަންފަތްތަކަށް އަބަދާ އަބަދު އިވެމުން ދަނީ މާތްﷲ ޙަރާމު ކުރައްވާފައިވާ ލަވަޔާއި މިޔުޒިކުގެ އަޑުތަކެވެ. އަދި ފެންނަމުން ދަނީ ދީނާއި ދުރުކުރުވާ ކަހަލަ މަންޒަރުތަކެވެ. އެހެންކަމުން އަޅުގަނޑުމެންގެ ދޫތައް މާތް ﷲ ހަނދުމަ ކުރުން މަތީ ގައި ދެމިތިބުމުގެ ބޭނުންތެރިކަން ބޮޑެވެ. އެހެންކަމުން ހެދުނާއި ހަވީރުގެ ދުޢާތައް ކިޔުމަކީ މީހާއަށް ރައްކާތެރިކަން ލިބި، ހެޔޮކަމާވީ ފަރާތަށް ދިއުމަށް މަގުފަހި ވެގެންދާނެ ކަމެކެވެ.

ދީނީ ހޭލުންތެރިކުރުމާބެހޭ ބައި/ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

avatar

This site uses Akismet to reduce spam. Learn how your comment data is processed.