ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ދެވަނަރޭގެ މެޗްތައް ކުޅުދުއްފުށީ ކައުންސިލާއި، ދިރާގު އަދި އެމް.އާރް.ޑީ.ސީ އިން ކާމިޔާބުކޮށްފިއެވެ.

ރޭގެ ފުރަތަމަ މެޗްގައި އަފީފުއްދީން ސްކޫލްގެ މައްޗަށް ކުޅުދުއްފުށީ ކައުންސިލް ކުރި ހޯދީ 11-4 ންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކުޅުދުއްފުށީ ކައުންސިލް ޓީމަށް ކުޅޭ މުވައްސަސާއިން ބޭރު ކުޅުންތެރިޔާ އަރުޝަދު ޙަސަން (އަރޭ)އެވެ.

ރޭ ކުޅުނު ދެވަނަ މެޗްގައި އެންމެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަން ދިރާގުން ވަނީ މި ފަހަރު އަލަށް މި މުބާރާތުގައި ވާދަކުރާ ޤައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަސް 1-13 ން ބަލިކޮށްފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދިރާގު ޓީމްގެ އަޔާޒް އަޙްމަދެވެ.

ރޭގެ ފަހު މެޗްގައި އެމް.ޑަބުލިއު.އެސް.ސީ ގެ މައްޗަށް އެމް.އާރް.ޑީ.ސީ ކުރިހޯދީ 7-0 ންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެމް.އާރް.ޑީ.ސީ ގެ ކެޕްޓަން ޢަލީ ރިޒާއެވެ.

މިރޭގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ކުޅުދުއްފުށީ ކަސްޓަމްސްއާއި، އެމް.އެން.ޑީ.އެފްއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ އޫރިދޫއާއި، ހދ.އަތޮޅު ތަޢުލީމީ މަރިކަޒްގެ ޓީމެވެ. އަދި މިރޭގެ ފަހު މެޗްގައި ބައްދަލުކުރާނީ ކުޅުދުއްފުށީ ޕޮލިސް އަދި ކުޅުދުއްފުށީ ޕޯޓް ލިމިޓެޑްގެ ޓީމެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.