ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ފައިނަލަށް ޕޮލިސް އަދި އެސް.ޓީ.އޯ ދަތުރުކޮށްފިއެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގައި މިރޭ ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗް ޕޮލިސް ޓީމުން ކާމިޔާބުކުރީ ދިރާގު ޓީމާ ވާދަކޮށް 1-1 ން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 5-6 ންނެވެ. މިރޭގެ މެޗްގެ ފުރިހަމަ ވަގުތުގައި ޕޮލިސް ޓީމުންޖެހި ހަމައެކަނި ގޯލް ޖަހާފައިވަނީ ޖ.ނަމްބަރ 2 ފަރުހަތު މުޙައްމަދެވެ. އަދި ދިރާގުގެ ހަމައެކަނި ގޯލް ޖަހާފައިވަނީ ޖ.ނަމްބަރ 3 އަޙްމަދު ދާއޫދެވެ. ޕޮލިސް ޓީމުން ހުރިހާ ޕެނަލްޓީ ކާމިޔާބު ކުރިއިރު، ދިރާގުގެ ޖނަމްބަރ 10 އަޔާޒް އަޙްމަދު ޖެހި ޕެނަލްޓީވަނީ ޕޮލިސް ކީޕަރ ދިފާއުކޮށްފައެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ޓީމްގެ ޖ.ނަމްބަރ 15 ޢަލީ ރިޝްވާނެވެ.

މިރޭ ކުޅުނު ސެމީފައިނަލްގެ ދެވަނަ މެޗް އެސް.ޓީ.އޯ ޓީމް ކާމިޔާބުކުރީ ފަޔަރ ޓީމާ ވާދަކޮށް 4-2 ންނެވެ. އެސް.ޓީ.އޯ ޓީމްގެ ގޯލްތައް ޖަހާފައިވަނީ އެޓީމްގެ ޖ.ނަމްބަރ 9 އަސްޖައު މޫސާއާއި، ޖ.ނަމްބަރ 17 ނާދީމް އާދަމާއި، ޖ.ނަމްބަރ 22 އާސިފް މުޙައްމަދު އަދި ޖ.ނަމްބަރ 7 ޙަސަން މުޙަންމަދެވެ. ފަޔަރ ޓީމްގެ ގޯލްތައް ޖަހާފައިވަނީ ޖ.ނަމްބަރ 13 އަޙްމަދު ޤާސިމް އަދި ޖ.ނަމްބަރ 8 މުޙައްމަދު ޤާސިމެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އެސް.ޓީ.އޯ ޓީމްގެ ޖ.ނަމްބަރ 10 މުޙައްމަދު ޝާފީއެވެ.

މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މި މަހުގެ 15 ވާ އާދީއްތަ ދުވަހުގެރޭ 8:30 ގައެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.