ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ޓީމް ހޯދައިފިއެވެ.

ވޭތުވެދިއަ ދެއަހަރުގެ ޗެމްޕިއަން ޕޮލިސް ޓީމް ޗެމްޕިއަންކަން ހޯދީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗް 1-2 ން އެސް.ޓީ.އޯގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޕޮލިސް ޓީމްގެ ގޯލްތައް ޖަހާފައިވަނީ އެޓީމްގެ ޖ.ނަމްބަރ 17 ފަހުމީ އަދި ޖ.ނަމްބަރ 7 އިބްރާޙީމް ޙަސަން (ކުޑަ އިއްބެ) އެވެ. އެސް.ޓީ.އޯގެ ހަމައެކަނި ގޯލް ޖަހާފައިވަނީ އެޓީމްގެ ޖ.ނަމްބަރ 17 ނަދީމް އާދަމްއެވެ. މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އެސް.ޓީ.އޯގެ ޖ.ނަމްބަރ 10 މުޙައްމަދު ޝާފިއުއެވެ.

މި މުބާރާތުގެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ޕޮލިސް ޓިމްގެ ޖ.ނަމްބަރ 33 ޙުސައިން ޢަލީއާއި, ޖ.ނަމްބަރ 7 އިބްރާޙިމް ޙަސަން (ކުޑަ އިއްބެ) ޢާއި, އެްސ.ޓީ.އޯގެ ޖ.ނަމްބަރ 7 ޙަސަން މުޙައްމަދާއި, ޖ.ނަމްބަރ 10 މުޙައްމަސު ޝާފިއު އަދި ދިރާގުގެ ޖ.ނަމްބަރ 10 އަޔާޒް އަޙްމަދެވެ.

މި މުބާރާތުގައި 19 ގޯލް ޖަހައިގެން އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ޓީމްގެ ޖ.ނަމްބަރ 7 އިބްރާޙިމް ޙަސަން (ކުޑަ އިއްބެ) އެވެ.

މިމުބާރާުގެ ފެއާޕްލޭ ޓީމަކަށްވެސް ހޮވިފައިވަނީ ރަނަރަފް އެސް.ޓީ.އޯއެވެ. ރަނަރަފް ޓީމަށް 4000 ރުފިޔާއާއި, ޓްރޮފީ އަދި މެޑަލް ވަނީ ދީފައެވެ. އަދި ޗެމްޕިއަން ޓީމަށް 10000 ރުފިޔާއާއި, ޓްރޮފީ އަދި މެޑަލް ދީފައިވެއެވެ.

މުބާރާތުގެ މަގަމްތަކަށް ހޮވުނު ޓީމްތަކަށާއި ކުޅުންތެރިންނަށް ޓްރޮފީއާއި މެޑަލް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ހދ.އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނާޞިރާއި, ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި, އެކައުންސިލްގެ މެމްބަރ އިބްރާޙީމް އައްބާހާއި, ފެނަކަ ކޯޕަރޭޝަންގެ ރީޖަނަލް މެނޭޖަރ އާދަމް މުޙައްމަދު އަދި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ކުޅުދުއްފުށީ ސައިޓްގެ މެނޭޖަރ މުޙައްމަދު ޙަސަންއެވެ.

NO COMMENTS

Leave a Reply