ކުޅިވަރުގެ މައިދާނަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޝަޚްސިއްޔަތެއް ކަމަށްވާ ކުޅުދުއްފުށީ ދެބުދާރުގެ، އާދަމް އިސްމާޢީލް (ސޭކު އާދަންބެ) ގެ ޝަރަފްގައި ކުޅުދުއްފުށީގައި ބާއްވާ ފުޓްބޯޅަ ލީގްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެ މުބާރާތުގެ އިންތިޒާމް ކޮމެޓީން މއިަދު ނެރުނު އިޢްލާނެއްގައިވާގޮތުގައި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޭޕްރީލްމަހުގެ 10 ވަނަ ދުވަހުއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 26 މާރޗްގެ 22:00 ގެ އަށެވެ. އަދި ގުރުއަތުލުން އޮންނާނީ 3 އޭޕްރީލްގައިކަމަށް އެ އިޢްލާންގައިވެއެވެ.

މި ނޫހަށް މަޢުލޫމާތު ދެމުން އާދަމް އިސްމާޢީލް ލީގް ގެ އިންތިޒާމް ކޮމެޓީގެ މެމްބަރ އަޙްމަދު ސަޢީދު މަޢުލޫމާތު ދިންގޮތުގައި ފައިސާގެ އިނާމްގެ ގޮތުގައި 25000 ރުފިޔާ ހުށަހެޅިފައިވާ މި މުބާރާތުގެ ވަނަތަކަށް ހޮވޭ ޓީމްތަކަށް ދޭ ފައިސާގެ އިނާމްތަކުގެ އަދަދު ކަނޑައަޅާނީ ބައިވެރިވާ ޓީމްތަކުގެ އަދަދު އެނގުމުންނެވެ. މި ލީގް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2013 ވަނަ އަހަރުއެވެ. އެފަހަރު ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވަނީ 10000 ރުފިޔާއެވެ. 

ކުރީ މުބާރާތަކީ ކުޅުދުއްފުށީ ދަނޑުތަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތެއް ނަމަވެސް މިފަހަރުގެ މުބާރާތް ހުޅުވާލާފައިވަނީ މުޅި ހދ.އަތޮޅަށެވެ. ހޯމް އަދި އަވޭ އުސޫލުން މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާ ކުޅުދުއްފުށީ ޓީމްތައް ނޫން ޓީމްތައްވެސް ކުޅެންޖެހޭނީ ކުޅުދުއްފުށީގައިކަމަށާއި، އެހެން ނަމަވެސް ހޯމް ދަނޑުގެ ގޮތުގައި ކުޅުދުއްފުށިން ދަނޑެއް ޚިޔާރުކުރުމުގެ ފުރުޞަތު އެޓީމްތަކަށް ލިބޭނެކަމަށް އަޙްމަދު ސަޢީދު މަޢުލޫމާތުދިނެވެ.

ކުރީ މުބާރާތުގައި ކުޅުދުއްފުށީ 4 ފުޓްބޯޅަ ދަނޑަކުން 6 ޓީމް ބައިވެރިފައިވެއެވެ.

މި ލީގަކީ ކުޅުދުއްފުށީގެ ކުޅިވަރަށް އާދަމް އިސްމާޢީލް ކޮށްދެއްވާފައި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެފަދަ ޝަޚްސިއްޔަތުގެ ވެރިން އުފެއްދުމަށް ބާރުއެޅުމުގެ ގޮތުން ބާއްވާ ލީގެއްކަމަށް އާދަމް އިސްމާޢީލްގެ ދަރިފުޅު އަޙްމަދު އާދަމް (ސޭކޭ) މަޢުލޫމާތުދިނެވެ.

މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް

މުބާރާތުގެ ޤަވާޢިދު

avatar

This site uses Akismet to reduce spam. Learn how your comment data is processed.