އާދަމް އިސްމާޢީލް ފުޓްބޯޅަ ލީގްގެ ދެވަނަ މެޗް ހިރަފުސް ޓީމް ކާމިޔާބުކޮށްފިއެވެ.

ކުޅުދުއްފުށީ ހިރަފުސް ދަނޑުގައި މިއަދު ހަވީރު ކުޅުނު މުބާރާތުގެ ދެވަނަ މެޗް ހިރަފުސް ޓީމް ކާމިޔާބުކުރީ ޓީމް ކޮރަލްސްއާ ވާދަކޮށް 2-0 ންނެވެ.

ގިނަ ރީނދޫ ކާޑުތަކެއް ފެނިގެންދިއަ މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހިރަފުސް ޓީމްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިން އެޓީމްގެ ޖ.ނަމްބަރ 15 ޢަލީ ރިޝްވާން މުޙައްމަދެވެ. އެޓީމްގެ ދެވަނަ ގޯލް ޖަހައިދިނީ ޖ.ނަމްބަރ 21 އަބްދުއްރަހީމް އަބޫބަކުރެވެ. ހިރަފުހުގެ ޖ.ނަމްބަރ 9 އިބްރާޙީމް ސިރާޖާއި, ޖ.ނަމްބަރ 27 ޢަލީ އާދަމާއި, ޖ.ނަމްބަރ 23 ޢަލީ ޝިޔާމަށް ރީނދޫ ކާޑު ދައްކާފައިވާއިރު, ޓީމް ކޮރަލްސް ޖ.ނަމްބަރ 3 އަޙްމަދު ދާއޫދު އަދި ޖ.ނަމްބަރ 8 ސުހުރާބް އަބްދުއްލަތީފަށްވެސް ރީނދޫ ކާޑު ދައްކާފައިވެއެވެ.

މި ލީގަކީ ކުޅުދުއްފުށީގެ ކުޅިވަރަށް އާދަމް އިސްމާޢީލް ކޮށްދެއްވާފައި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެފަދަ ޝަޚްސިއްޔަތުގެ ވެރިން އުފެއްދުމަށް ބާރުއެޅުމުގެ ގޮތުން ބާއްވާ ލީގެއްކަމަށް އާދަމް އިސްމާޢީލްގެ ދަރިފުޅު އަޙްމަދު އާދަމް (ސޭކޭ) މަޢުލޫމާތުދިނެވެ. މިފަހަރުގެ މިބާާރާތް ކުރިއަށްދަނީ ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެކުނުދާއިރާގެ މެމްބަރ މުޙައްމަދުގެ މާލީ އެހީތެރިކަމާއެކުކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތުއެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.