އާދަމް އިސްމާޢީލް ފުޓްބޯޅަ ލީގްގެ 3 ވަނަ މެޗް ހިރަފުސް ޓީމް ކާމިޔާބުކޮށްފިއެވެ.

ކުޅުދުއްފުށީ ކޮރަލް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ 3 ވަނަ މެޗް ހިރަފުސް ޓީމް ކާމިޔާބުކުރީ ކޮރަލްސް ޔުނައިޓެޑާ ވާދަކޮށް 2-0 ންނެވެ.

ގިނަ ރީނދޫ ކާޑުތަކެއް ފެނިގެންދިއަ މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހިރަފުސް ޓީމްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިން އެޓީމްގެ ޖ.ނަމްބަރ 21 އަބްދުއްރަޙީމެވެ. އެޓީމްގެ ދެވަނަ ގޯލް ޖަހައިދިނީ ޖ.ނަމްބަރ 7 އިބްރާޙީމް ޙަސަނެވެ. ހިރަފުހުގެ ޖ.ނަމްބަރ 9 އިބްރާޙީމް ސިރާޖާއި, ޖ.ނަމްބަރ 8 މުޙައްމަދު ޒިޔާދާއި, ޖ.ނަމްބަރ 5 މުޙައްމަދު ޙަސަނާއި، ޖ.ނަމްބަރ 23 ޢަލީ ޝިޔާމަށް ރީނދޫ ކާޑު ދައްކާފައިވާއިރު, ކޮރަލްސް ޔުނައިޓެޑްގެ ޖ.ނަމްބަރ 3 ޙުސައިން މުޙައްމަދު އަދި ޖ.ނަމްބަރ 17 އިބްރާޙީމް އަޙްމަދަށްވެސް ރީނދޫ ކާޑު ދައްކާފައިވެއެވެ.

މި މުބާރާތުގެ 4 ވަނަ މެޗްގައި މިއަދު ހަވީރު ބައްދަލުކުރާނީ ޒިގްޒެގް އަދި ޓީމް ކޮރަލްސްއެވެ.  މިމެޗް އޮންނާނީ ކުޅުދުއްފުށީގެ ކުރީގެ ރަސްމީ ބޯޅަ ދަނޑުގައެވެ.

މި ލީގަކީ ކުޅުދުއްފުށީގެ ކުޅިވަރަށް އާދަމް އިސްމާޢީލް ކޮށްދެއްވާފައި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެފަދަ ޝަޚްސިއްޔަތުގެ ވެރިން އުފެއްދުމަށް ބާރުއެޅުމުގެ ގޮތުން ބާއްވާ ލީގެއްކަމަށް އާދަމް އިސްމާޢީލްގެ ދަރިފުޅު އަޙްމަދު އާދަމް (ސޭކޭ) މަޢުލޫމާތުދިނެވެ. މިފަހަރުގެ މިބާާރާތް ކުރިއަށްދަނީ ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެކުނުދާއިރާގެ މެމްބަރ މުޙައްމަދު ނަޝީދުގެ މާލީ އެހީތެރިކަމާއެކުކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތުއެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.