އާދަމް އިސްމާޢީލް ފުޓްބޯޅަ ލީގްގެ 3 ވަނަ މެޗް ޓީމް ކޮރަލްސް ކާމިޔާބުކޮށްފިއެވެ.

ކުޅުދުއްފުށީ ކުރީގެ ރަސްމީ ބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ 4 ވަނަ މެޗް ޓީމް ކޮރަލްސް ކާމިޔާބުކުރީ ޒިގްޒެގާ ވާދަކޮށް 2-1 ންނެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ކޮރަލްސްގެ ފަހު ގޯލް ކާމިޔާބުކޮށްދިން އެޓީމްގެ ޖ.ނަމްބަރ 9 ފަތުހުﷲ އާދަމެވެ. އެޓީމްގެ ފުރަތަމަ ގޯލް ޖަހައިދިނީ ޖ.ނަމްބަރ 10 މުޙައްމަދު ނަދީމެވެ. ޒިގްޒެގް ގެ ހަމައެކަނި ގޯލް ޖަހައިދިނީ އެޓީމްގެ ޖ.ނަމްބަރ 19 ޙަސަން މުޙައްމަދެވެ.

ޓީމް ކޮރަލްސްގެ ޖ.ނަމްބަރ 4 އާދަމް މުޙައްމަދަށާއި,  ޒިގްޒެގްގެ ޖ.ނަމްބަރ 3 އަބްދުﷲ ނާސިހް އަދި ޖ.ނަމްބަރ 20 އީމާން އަޙްމަދަް ރީނދޫ ކާޑު ދައްކާފައިވެއެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.