އާދަމް އިސްމާޢީލް ފުޓްބޯޅަ ލީގްގެ 5 ވަނަ މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

ކުޅުދުއްފުށީ ކުރީގެ ރަސްމީ ބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ 5 ވަނަ މެޗްގައި ހިރަފުސް އަދި ޒިގްޒެގް ބައްދަލުކުރި މެޗް އެއްވަރުވީ 1-1 ންނެވެ. މެޗްގެ 7 ވަނަ މިނެޓްގައި ހިރަފުސް ޓީމްގެ ޖ.ނަމްބަރ 21 އަބްދުއްރަހީމް އަބޫބަކުރު ގޯލެއްޖަހައި ލީޑް ހޯދިއެވެ. އަދި މެޗްގެ ފަހު މިނެޓްގައި ލިބުން ޕެނަލްޓީއަކުން ޒިގްޒެގްގެ ގޯލް ކާމިޔަބުކޮށްދިނީ އެޓީމްގެ ޖ.ނަންބަރ 8 އަޙްމަދު މުޙައްމަދެވެ. މިއަދު މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް އަޙްމަދު މުޙައްމަވެ.

މިއަދުގެ މެޗްގައި ޒިގްޒެގްގެ ޢަލީ ރިޒާއަށާއި, ޢަލީ އާދަމަށާއި, އަޙްމަދު ޤާސިމާށާއި, ހިރަފުހުގެ ޢަލީ އާދަމަށް ރީނދޫ ކާޑު ދައްކާފައިވާއިރު, ޒިގްޒެގްގެ އަޙްމަދު އާދަމަށް ރަތް ކާޑެއް ދައްކާފައިވެއެވެ.

ކޮރަލް ދަނޑުގައި މާދަމާ ހަވީރު ކުޅޭ މި މުބާރާުގެ 6 ވަނަ މެޗްގައި ބައްދަލުކުރާނީ ކޮރަލްސް ޔުނައިޓަޑް އަދި ޓީމް ކޮރަލްސްއެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.