އާދަމް އިސްމާޢީލް ފުޓްބޯޅަ ލީގްގެ 6 ވަނަ މެޗް ބޮޑު ތަފާތަކުން ޓީމް ކޮރަލްސް ކާމިޔާބުކޮށްފިއެވެ.

ކުޅުދުއްފުށީ ކޮތަލް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ 6 ވަނަ މެޗް ޓީމް ކޮރަލްސް ކާމިޔާބުކުރީ ކޮރަލްސް ޔުނައިޓަޑާ ވާދަކޮށް 9-2 ންނެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ކޮރަލްސްއަށް 4 ގޯލް ކާމިޔާބުކޮށްދިން އެޓީމްގެ ޖ.ނަމްބަރ 7 ނޫރުﷲ ތާހާއެވެ. އޭގެއިތުރުން އެޓީމްގެ ގޯލްތަކަށް ބަލާއިރު ޖ.ނަމްބަރ 9 ފަތުހުﷲ އާދަމް 2 ގޯލް، ޖ.ނަމްބަރ 3 އަޙްމަދު ދާއޫދު 1 ގޯލް، ޖ.ނަމްބަރ 20 ސިނާން އިބްރާޙީމް 1 ގޯލް އަދި ޖ.ނަމްބަރ 12 އަޙްމަދު އިބްރާޙީމް 1 ގޯލް ޖަހާފައިވެއެވެ. ކޮރަލްސް ޔުނައިޓަޑްގެ 2 ގޯލްވެސް ޖަހާފައިވަނީ އެޓީމްގެ ޖ.ނަމްބަރ 10 އާދަމް މުޙައްމަދެވެ.

އިއްޔެގެ މެޗްގައި ޓީމް ކޮރަލްސްގެ ޖ.ނަމްބަރ 7 ނޫރުﷲ ތާހާ އަދި ކޮރަލްސް ޔުނައިޓަޑްގެ ޖ.ނަމްބަރ މުޙައްމަދު ޙަސަންއަށް ރީނދޫ ކާޑު ދައްކާފައިވެއެވެ.

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
0 Comment authors
hey je hey Recent comment authors

This site uses Akismet to reduce spam. Learn how your comment data is processed.

hey je hey
hey je hey

thi ingey eba match dhookoleekan feeling ladhu :p