އަމީރު އަމީން ސްކޫލުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އަހަރީ ކޮންސެޓް ”މަލަސް” ޝޯ ފެށިއްޖެއެވެ.

މި މެއި މަހުގެ 1 ފެށިގެން ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އަމީރު އަމީން ސްކޫލްގެ ޔޫކޭޖީ ދަރުވަރުންގެ މިޝޯގައި އެ ސްކޫލްގެ 106 ދަރިވަރުން ބައިވެރިވެއެވެ. މިކޮންސެޓްގައި ދަރިވަރުންގެ ރައިވަރު ކިޔުން، މަދަހަ ކިޔުން، ލަވަކިޔުން، ނެށުން، ދިވެހި އަދި އިނގިރޭސި ޑްރާމާ، ލަވަސެޓް، ފެޝަން ޝޯ، ބެލެނިވެރިންގެ އައިޓަމެއްގެ އިތުރުން އާންޓީންގެ އައިޓަމެއްވެސް ހިމެނެއެވެ.

އަމީރު އަމީން ސްކޫލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ ޢާއިޝަތު މުޙަންމަދު ވިދާޅުވި ގޮތުގައި މި ޝޯވއަކީ ކޮންމެ އަހަރަކުވެސް، އެސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށް، އެކުދިންގެ ހުނަރު ސްޓޭޖްމަތިން ދައްކާލުމުގެ ފުރުޞަތު، ހޯދައިދިނުމާއި ޕްރައިމަރީ ގްރޭޑަށް ބަދަލުވާއިރު އެކުދިންނަކީ ސްޓޭޖްމަތީގެ ހަރަކާތްތައް ކުރަންކެރޭ ދަރިވަރުންނަށް ހެދުމާއި އެކުދިންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބާއްވާ ޝޯއެކެވެ.

މި ޝޯފެށުމުގެ ގޮތުން މިއަދު މެންދުރުފަހު ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ބޭއްވި ރަސްމިއްޔާޓު ޝަރަފްވެރިކޮށްދެއްވައި ޝޯ ފަށްޓަވައިދެއްވީ ގައުމީ ޔުނިވަރސިޓީގެ ލެކްޗަރާ ޒާހިރާ މުޙައްމަދެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz