ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއިން ހދ. އަތޮޅު ކައުންސިލަށް ލަފާދިނުމަށް ބޯޑެއް އެކުލަވާލައިފިއެވެ.

މިބޯޑު އިފްތިތާޙު ކުރުން އޮތީ، މީހުން ބިނާކުރުމާއި ކޯސްތައް ފެށުމަށް 30 އޭޕްރީލް 2015 ވީ ބުރާސްފަތި ދުވަހުގެރޭ ޖަލާލުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައެވެ.

އަތޮޅު ކައުންސިލަށް ލަފާދޭ ބޯޑުގައި ހިމެނެނީ ޖުމްލަ 12 ބޭފުޅުންނެވެ. އެއީ އަތޮޅު ކައުންސިލް ފަރާތުން 3 ބޭފުޅުންނާއި ތައުލީމީ ދާއިރާއިން 5 ބޭފުން އަދި ސިއްހީ ދާއިރާއިން 4 ބޭފުޅެކެވެ.

އަތޮޅު ކައުންސިލްގެ ފަރާތުން ބޯޑަށް ހަމަޖައްސާފައިވަނީ އެކައުންސިލް ރައީސް އާދަމް ނާސިރާއި، ނޮޅިވަރަން ދާއިރާގެ ކައުންސިލް މެންބަރު އަޙްމަދު އިބްރާޙީމާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ ކައުންސިލް މެމްބަރ އުއްމުކުލްސޫމް އިބްރާހިމެވެ.

ތައުލީމީ ދާއިރާއިން މި ބޯޑުގައި ހިމެނެނީ ޖަލާލުއްދީން ސްކޫލް ޕްރިންސިޕަލް މަހްދީ ޝާހިދާއި، ގައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށީ ކެމްޕަސް މެނޭޖަރ އިބްރާހިމް މުހައްމަދާއި، ހަނިމާދޫ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ޝަފީގާއި، އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް އާދަމް މުސާ އަދި ނޮޅިވަރަމް ސްކޫލްގެ ޕްރިންސިޕަލް އަދުނާން ޢަލީއެވެ.

ސިއްހީ ދާއިރާއިން މި ބޯޑަށް އައްޔަންކުރެއްވި 4 ބޭފުޅުންނަކީ ހދ.ފެލެމީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރގެ މެނޭޖަރ ވަސީމާ މުޙައްމަދާއި، ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޒިންމާދާރުވެރިޔާ މުޙައްމަދު ހަސަންއާއި، ނެއްލައިދޫ ސިއްހީ މަރުކަޒުން ޙުސެއިން ޙަސަންގެ އިތުރުން ކުޅުދުއްފުށީ ޕަބްލިކް ހެލްތް ޔުނިޓުން ސަމީނާ މުޙައްމަދެވެ.

އަތޮޅު ކައުންސިލްގެ 41 ވަނަ ޖަލްސާއިން، އުފެއްދުމަށް ނިންމަވާފައިވާ މިއެޑްވައިޒަރީ ބޯރޑަކީ އަތޮޅު ކައުންސިލާ ހަވާލުކޮށްފައިވާ އެންމެހާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، އަދާކުރުމުގެ ގޮތުން އަތޮޅުގެ ތަޢުލީމާއި، ސިއްޙީ ދާއިރާގެ ހާލަތު ދެނެގަތުމާއި، ތަޢުލީމީ ދާއިރާ އާއި ސިއްޙީ ދާއިރާގެ ކަންކަން އަތޮޅު ފެންވަރުގައި ތަރައްޤީކުރުމަށް ބޭނުންވާ ލަފަޔާއި މަޝްވަރާ ދިނުމަށްޓަކައި އެކުލަވާލެވިފައިވާ ބޯޑެކެވެ.

NO COMMENTS

Leave a Reply