ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި، ހދ.އަތޮޅު ކައުންސިލް ގުޅިގެން “ކްރިއޭޓިވްސް ސްކިލްސް” ގެ ނަމުގައި ކުޅުދުއްފުށީގައި ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ.

މިދިއަ އޭޕްރީލް މަހުގެ 29 ން މިމަހުގެ 1 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމަކީ ހދ.އަތޮޅުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް އަމާޒު ކޮށްގެން ބޭއްވި ތަމްރީން ޕްރޮގްރާމެކެވެ. މި ޕްރޮގްރަމްގައި އޮފީސްތަކުގައި ބޭނުންކުރާ ލިޔެކިޔުންތަކާއި، ބެނަރ އިސްތިހާރު، ޕޯސްޓަރު، ލީފްލެޓް މަޖައްލާ ފަދަ ތަކެތި ޑިޒައިންކޮށް ތައްޔާރު ކުރާނެގޮތާއި، ރައްޔިތުންނަށް ދެވޭ މެސެޖްތައް ޝައުގުވެރި އަދި ނަތީޖާނެރެވޭ ފަދަ ގޮތްތަކަށް ބައްޓަންކުރުމަށް ދަސްކޮށްދެވިފައިވެއެވެ.

މިޕްރޮގްރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ.މުޙައްމަދު ލަޠީފެވެ. ސެޓްފިކެޓް ދެއްވުމަށްފަހު ތަމްރީން ޕްރޮގްރާމްގެ ބައިވެރިން ތައްޔާރުކުރި ބައެއް މަސައްކަތް ޑރ.ލަތީފް ބައްލަވާލެއްވިއެވެ. ހދ.އަތޮޅުގެ އެކިއެކި މުވައްސަސާތަކުން 13 މުވައްޒަފަކު މިޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓް ޙާޞިލްކޮށްފައިވެއެވެ.

މީގެ އިތުރުން ސިވިލް ސަރވިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކަސްޓަމަރ ސަރވިސްއާބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއްވެސް ކުޅުދުއްފުށީގައި ވަނީ ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz