2nd Lt. David Herndon gathers patient information on a aeromedical evacuation mission from Balad Air Base, Iraq to Ramstein Air Base, Germany, Feb. 25, 2007. Lieutenant Herndon is a Public Affairs Officer with the 59th Medical Wing, Lackland Air Force Base, Texas. (U.S. Air Force Photo/Master Sgt. Scott Reed)

ހައްދުފަހަނަ އަޅާފައިވާ ހަނގުރާމަވެރި ޖަމާޢަތެއްކަމުގައިވާ އިސްލާމިކް ސްޓޭޓްއާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާއިން ދުވާލަމު 9 މިލިއަށް އެމެރިކާ ޑޮލަރު ޚަރަދު ކުރާކަމަށް މީޑިއާ ރިޕޯރޓްތައް ބުނެފިއެވެ.

ބައެއް ޢަރަބި ޤައުމުތައް ހިމެނޭގޮތަށް އިއްތިޙާދެއް އެކުލަވައިލާ ޢިރާޤުއާއި ސީރިޔާގައި ތިބި އައިއެސްގެ ހަނގުރާމަވެރިންނާއި ދެކޮޅަށް އެމެރިކާ އިސްވެ އޮވެ މަސައްކަތްފެށީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަވެ. އެމެރިކާއިން އައިއެސްއާ ދެކޮޅަށް ޚާއްސަ ކެމްޕޭން ފެށިފަހުން މިހާތަނަށް 2.7 ބިލިއަން ޑޮލަރު ޚަރަދުކޮށްފައި ވަކަމަށް ވެސް މީޑިއާ ރިޕޯރޓްތައް ބުނެއެވެ.

އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްއިން ވަނީ ދިފާޢީ ކަންކަމަށް ޚަރަދުކުރުމަށް 579 ބިލިއަން ޑޮލަރުގެ ބަޖެޓެއް ފާސްކޮށްފައެވެ. ނަމަވެސް އައިއެސްއާއި ދެކޮޅަށް އެމެރިކާއިން މިވަރުގެ
ބޮޑު ޚަރަދެއް ކުރަމުން ދާއިރު އިތުރަށް ޚަރަދުކުރުން މަނާކުރުމަށް ޤާނޫނަށް ހުށަހެޅި އިޞްލާޙް ކޮންގްރެސްއިން ފާސް ކޮށްފައެއް ނުވެއެވެ.

މި އޮޕަރޭޝަންގައި ޙަރަކާތްތެރިވާ އަޝްކަރީ ފައުޖުގައި 3500 އަށް ވުރެގިނަ އޮފިޝަލުން ހިމެނޭ އިރު މިހަފުތާގެ ތެރޭގައި އިތުރު 450 އޮފިޝަލުން ޢިރާޤަށް ފޮނުވުމަށް ވެސް ވައިޓްހައުސްއިން ވަނީ ނިންމާފައެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.