ންޗުގައި ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތުގައި މީހުން ހަރަކާތްތެރިވަނީ. ފޮޓޯ: ނަސީމް/ އިހަވަންދޫޑޮޓްކޮމް

ހއ.އިހަވަންދޫ އިރުމަތީ ފަރާތު އަތިރިމަތީ އޮތް ލޯންޗެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދައިފިއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި އަނދާފައި ވަނީ އިހަވަންދޫ ސޯސަންމަގަށް (ކުޑަކަތީބު މަގަށް) އެހެލާފައިވާ ލޯންޗެކެވެ.

މިރޭ 7:00 ހާއިރު ހިނގި އަލިފާނުގެ މިހާދިސާގައި އަނދާފައިވަނީ އެހެލާފައި ހުންނަތާ ގިނަ ދުވަސް ވެފައިވާ ލޯންޗެކެވެ. އެއީ ކުޑަ މަރާމާތަކަށްފަހު ބޭނުންކުރެވޭ ހާލަތުގައި ހުރި ލޯންޗެއްކަމަށް މަޢުލޫމާތުލިބެއެވެ.

ފުލުހުންނާއި, ރަށު ކައުންސިލް އަދި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން މިރޭ 10 ޖަހަން ކައިރިވެފައިވަނިކޮށް އަލިފާންގަނޑު ވަނީ ނިއްވާލެވިފައެވެ. ލޯންޗްގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނުއިރު ލޯންޗުގެ ބޮޑުބަޔެއްވަނީ އަނދާފައެވެ.

ފުލުހުންދަނީ މިހާދިސާ ތަޙްޤީޤްކުރަމުންނެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.