28/04/2010

ތިލަދެކުނު ސިނަމާގައި މިރޭ އެޅުވުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމް ”ޒަލްޒަލާ އެނބުރިއައުން” ގެ ޝޯ މިރޭ ނޯންނާނެ ކަމަށް ފިލްމް އެޅުވުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން ހާމަކޮށްފިއެވެ. މި ޝޯ ދެން އޮންނާނީ މާދަމާ ރޭ 09:00 ގައި ކަމަށް ވެސް އެފަރާތުން މަޢުލޫމާތު ދެއެވެ. މި ޝޯ މަދާމާ ރެއަށް ފަސްކުރީ ކުޅުދުއްފުށީ ނިއާސާ ފާތުމަތު ޙަސަން ކުއްލިގޮތަކަށް ނިޔާވުމާ ގުޅިގެންކަމަށް އެ ފަރާތުން ބުނެއެވެ.

މިރޭގެ ޝޯ ކެންސަލްވީކަން ޓިކެޓް ނަގާފައިވާ ފަރާތްތަކަށް އެންގުމުގައި ކުޅުދުއްފުށީ ޔަންގް ޖެނެރޭޝަންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށްވެސް އެ ފަރާތުން ބުނެއެވެ.

avatar
3 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
3 Comment authors
އަހުމަދުބެސްޓްއިބުރާހިމް Recent comment authors

This site uses Akismet to reduce spam. Learn how your comment data is processed.

އަހުމަދު
އަހުމަދު

ކުޅުދުއްފުށީ ދެކުނުއަވަށު ޒުވާނުންގެ ދިރުން ހިންގަވާ އެންމެ ބޭފުޅުން ނަށް އަސަރިބަހާއި ސާބަސް ރައްދު ކުރަން މިފަދަ މުހިއްމު މައުލޫމާތު ރައްޔިތުންނަށާއި ވަކިން ހާއްސަކޮއް ކުޅުދުއްފުށީގެ މީހުންނަށް ވަގުތުން ވަގުތަށް އެގެމުން ދާތީ ވަރަށް އުފާވޭ.

ބެސްޓް
ބެސްޓް

އިބުރާހިމްގެ ހިޔާލަށް އަޅުގަނޑުވެސް ވަރަށް ތާޢީދު އަޅުގަނޑުމެން ބޭނުމީ ތިކަހަލަ ކޮމެންޓް

އިބުރާހިމް
އިބުރާހިމް

ތިކުރެއްވީ ވަރަށް ރަނގަޅުކަމެއް! ތިއީ ހަމަ ތިކަން ވާންޖެހޭނެގޮތް. މިކަހަލ ކުދި މުޖުތަމަޢު ތަކުގައި އެކަކަށް ލިބޭ ހިތާމަ ތަކުގައި އެންމެން ބައިވެރިވާންޖެހޭނެ! ތިދައްކައިދިން ރީތި ނަމޫނާއަށްޓަކައި ފަށްފަށުން ޝުކުރުދަންނަވަން!