ކޮމެންޓުން ވާހަކަ ލިޔުމުގެގޮތުން ފެށުމެއް އެވަނީ ޝާއިޢުކުރެވިފައެވެ. ފެށުމާ ގުޅޭގޮތުން ވާހަކައިގެ އިތުރު ޖުމްލަތައް ކޮމެންޓް ކުރައްވަމުން ގެންދަވާށެވެ. އެންމެ ގުޅުންހުރި ޖުމްލަތައް ވާހަކައަށް އިތުރުކުރެވެމުންދާނެއެވެ.

ރީތި ދޮންވެލި ގޮނޑުދޮށުގައި ބީހެމުންދިއަ ކުދި ރާޅުބާނިތައް ފައިގައި ބޮސްދެމުންދާކަން އިހްސާސްވެސް ނުކުރެވޭ ހާލުގައި، އޮއްސެމުންދިއަ އިރުގެ ރަންދޯދިތައް އެޅިފައި އޮތް މާސިންގާ ކަނޑަށް ބަލަހައްޓައިގެން ފުން ޚިޔާލެއްގެތެރެއަށް ގެއްލިފައި އިން އަމްސޫދާއަށް ހޭވެރިކަންވީ ކައިރީގައިހުރި ރުކަކުން ވެއްޓުނު ހިކިކާއްޓެއް ފުރޮޅެމުން އައިސް އޭނާ އިށިއިނދެގެން އިން ރުއްބުރީގައި ޖެހުމުންނެވެ.

އިސާހިތަކު މޫދުން އަރައިގެން އަންނަ މީހަކު އަމްސޫދާ އަށް ފެނުނެވެ. އަވަހަށް ތެދުވެގެން ގެއާދިމާއަށް ދާން އަމްސޫދާ ހިނގައިގަތެވެ.

avatar
5 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
4 Comment authors
ސަންހިއްރެfarooAnonymousމީހެއް Recent comment authors

This site uses Akismet to reduce spam. Learn how your comment data is processed.

ސަން
ސަން

މާޙައުލަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގައިލީ ކުއްލިއަކަށް އިވުނު ޒުވާން އުމުރުފުރައިގެ ފިރިހެން ކުއްޖެއްގެ ހުނުމުގެ އަޑުންނެވެ.

ހިއްރެ
ހިއްރެ

އިސާހިތަކު މޫދުން އަރައިގެން އަންނަ މީހަކް އަމްސޫދާ އަށް ފެނުނެވެ.

faroo
faroo

Gina iruthakeh nuve geah aas vadhe vumun heevee bolah ohgaa ukai gaiy henneve.

Anonymous
Anonymous

އަވަހަށް ތެދުވެގެން ގެއާދިމާއަށް ދާންހިނގައިގަތެވެ.

މީހެއް
މީހެއް

އިސާހިތަކު ފަހަތުން މީހަކު ގޮވާލި އަޑު އިވުނެވެ. އަމްސޫދާ އަމްސޫދާ ނިކަން އަވަހައް މިކޮޅައް އައިސްބަލަ. މިއޮއް އެއްޗެށް ބަލާބަލަ.