ބޭނުންވާނެ ތަކެތި

350 ގްރާމް ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި)

1 ބިސް (ގިރާފައި)

1/2 ޖޯޑު ޒުވާރި ފުށް

1/2 ސައިސަމުސާ ލޮނުމެދު (ގާނާފައި)

1/2 ސައިސަމުސާ އިނގުރު (ގާނާފައި)

1 މޭޒުމަތީ ސަމުސާ ލޮނު

2 ފިޔާ (ކުދިކޮށް ބޯކޮށް ކޮށާފައި)

2 ކެޕްސިކަމް (ކަރުގަނޑު ނަގައި ކުދިކޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

2 މޭޒުމަތީ ސަމުސާ ވިނެގާ

2 ފެހި މިރުސް

1 ޖޯޑު ޓޮމާޓޯ ސޯސް

1 ޖޯޑު ޗިލީ ސޯސް

ތެޔޮ

ތައްޔާރުކުރާނެ ގޮތް

ބިހާއި، އަސޭމިރުހާއި، ލޮނުކޮޅެއް، ސޯޔާ ސޯސް އަދި ފުށް އެއްކޮށް ރަނގަޅަށް ގިރާލާފައި ކުކުޅުގައި ހާކާފައި ބަހައްޓާށެވެ. އަދި ތަވަޔަށް ތެޔޮ އަޅައި، ތެޔޮގަނޑު ހޫނުވުމުން، އޭގެ ތެރެއަށް ކުކުޅު މަސްތައް އަޅައި ރޯފިލަންދެން ތެލުލާށެވެ. ބޭރަށް މަޑު މުށި ކުލަ އެރުމުން އުނދުން ނިއްވާލާށެވެ. އެހެން ތަވައަކަށް ކުޑަ ތެޔޮ ފޮދެއް އެޅުމަށް ފަހު، ފިޔާ، މިރުސް އަދި ކެޕްސިކަމް އެއްކޮށް އަޅާލާފައި ފިޔާކޮޅު މޯޅި ވުމުން އޭގެ ތެރެޔަށް ކުކުޅު ފިޔަވައި އެހެން ހުރިހާ އެއްޗެހި އަޅައި ރޯފިލުމުން ދެން ކުކުޅު އެއްކޮށް ދެތިން މިނެޓް މަޑު ގިނީގައި ކައްކާލާށެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.