މެންދުރުގެ ހޫނުގަދަ ވަގުތެވެ. އާސިފްގެ އާއިލާގެ މެމްބަރުން ދަނީ ހަތަރު އަހަރު ރާއްޖެއިން ބެރުގައި އުޅުމަށްފަހު މިއަދު އަންނަ އެމީހުންގެ ދަރިފުޅަށް މަރުހަބާ ކިޔަން ތައްޔާރު ވަމުންނެވެ. އެކިމީހުން އެކި މަސައްކަތް ކުރަމުން ދިޔައެވެ. ގޭތެރެވަނީ ހަލަބޮލި ވެފައެވެ. ދަރިފުޅުގެ ފްލައިޓް ރާއްޖެއަށް ޖައްސަން އޮތީ ހަވިރުގެ ހިތްފަސޭހަ ވަގުތެއްގައިކަމުން އެންމެންވެސް ދަނީ ތައްޔާރުވަމުންނެވެ.

ހަވީރުގެ ހިއްފަސޭހަ ވަގުތުގައި އާސިފްގެ އާއިލާ މެމްބަރުން ތިބީ އެމީހުންގެ ލޯބިވާ ދަރިފުޅުގެ އިންތިޒާރުގައެވެ. ދިރިއުޅެމުންދަނީ ހުޅުމާލޭގައިކަމުން އެމީހުންނަށް އެއާޕޯޓަށް ދިއުމަކީ އުނދަގޫކަމެއް ނޫނެވެ. އެހެންކަމުން މުޅި އާއިލާ ދިޔައީ އާސިފްގެ ލޯބިވާ “ޕްރިންސް” އަށް މަރުހަބާ ކިޔާށެވެ.

4:30 ވުމާއެކު މެލޭޝިއާއިން އައި ފްލައިޓް ޖައްސައިފިއެވެ. އެންމެންގެ އިންތިޒާރުގެ ނިމުން އައިކަހަލައެވެ. ފިރިހެންވަންތަ ހިނގުމެއްގައި އެންމެގެ ލޯތައް ކަތިލަމުން އެއަންނަނީ އާސިފްއާއި، ނަޝީދާގެ ހުރި ހަމައެކަނި ދަރިފުޅު ޝާއިންއެވެ. ޝާއިން އެންމެ ފުރަތަމަވެސް އައިސް މަންމައާއި، ބައްޕަގެ ގައިގައި ބައްދާލިއެވެ. އަދި އެންމެފަހުން މާމައާއި، ކާފައާ ސަލާމްކޮށް ހެދިއެވެ. ނަޝީދާ ޝާއިންގެ އަތުގައި ހިފައިގެންގޮސް ކާރަށް އެރުވިއެވެ. ވާނީވެސް އެހެންތާއެވެ. ދެލޯފަދައިން ބޮޑުކުރި ދަރިފުޅު ހަތަރު އަހަރުފަހުން ފެނުމުން ކޮންމެ މަންމައަކަށްވެސް ވާނީ ހަމައެހެންނެވެ.

ކާރުގޮސް ގެއަށް މަޑުކޮށްލާއިރަށް ނޯކަރުންތައް އައިސް ޝާއިންއަށް މަރުހަބާކިއެވެ. އެންމެވެސް ކާރުން ފައިބައިގެން ގެއަށްވަނެވެ. އެގެއަކީ މުޅި ހުޅުމާލޭގައިވެސް ހުރި އެންމެ ބޮޑު އަދި އެންމެ ރީތިވެސް ގެއެވެ. މިއީވެސް އާސިފްގެ ބުރަމަސައްކަތުގެ ތެރެއިން ނަޝީދާ ބޭނުންވިގޮތަށް ކޮށްދެވުނު އެންމެ ބޮޑު އެއް މަސައްކަތެވެ. ގޭތެރެ ޒީނަތްތެރި ކުރެވިފައިވަނީ ބޮޑު ސިޓިންގ ރޫމަކާއެކު 4 ބުރިއަށެވެ. ތިރީބައިގައި ދިރިއުޅެނީ ޝާއިންގެ މައިންބަފައިންނާއި، މާމައާއި، ކާފައެވެ. ދެވަނަ ބުރީގައި ދިރިއުޅެނީ ޝާއިންގެ ބޮޑުދައިތައާއި އޭނާގެ 4 ކުދިންނެވެ. ބޮޑުދައިތަ ޝައިން މެންގެއަށް ބަދަލުވީ މީގެ 2 އަހަރު ކުރިން ބޮޑުދައިތަގެ ފިރިމީހާ އަޙްމަދު ބޯޓް ދަތުރުކުރަން އުޅުމުގެތެރޭގައި ނިޔާވުމުގެ ސަބަބުންނެވެ. ތިންވަނަ ބުރިއަކީ ހަމައެކަނި ޝާއިންއަށް ހާއްސަ ފްލޯރއެކެވެ.

ޝާއިންގެ ފްލޯރގައި ޝާއިންގެ ނިދާ ކޮޓަރީގެ އިތުރުން ސްޓަޑީ ރޫމަކާއި، މިއުޒިކް ރޫމެއްގެ އިތުރުން ބަދިގެއެއްވެސް ހުރެއެވެ. އެއީ ޝާއިން ބުރަކޮށް އުޅެމުން އަމިއްލައަށް ކޮފީ ގިރާލައި ހެދުމަށެވެ. ހަތަރުވަނަ ބުރީގައި ހުންނަނީ ޓެރަސްއެކެވެ. އާއްމުކޮށް ޓެރަސްގައި ކުދިކުދި ބާރތްޑޭ “ޕާޓީ”ތައް އޮންނާނެއެވެ.

ޝާއިން އައިސް ސޯފާގައި އިށިއިނެވެ. އެހެންމީހުންވެސް އިށިއިންނަން ފެށުމުން ނަޝީދާ ނޯކަރުންނަށް ހަވީރުގެ ސައި ސިޓިންގ ރޫމަށް ނެރުމަށް އެދުނެވެ. ހަވީރުގެ ސަޔަަށް އެކިވައްތަރުގެ ހެދިކާ ތައްޔާރު ކުރެވިފައިވެއެވެ. އަދި އޭގެއިރުން އައިސްކްރީމާއި، ފުރުޓް ސެލަޑާއި، 2 ވައްތަރުގެ ބުއިންވެސް ތައްޔާރުކޮށްފައިވެއެވެ. ސައި ބޮމުންދިޔަ ވަގުތު އެމީހުން ވަރަށް އަނގަތަޅައި ހެދިއެވެ.

ޝާއިން އަބަދުވެސް ބޮޑުދައިތަގެ 4 ކުދިން ދެކެނީ އޭނާގެ ކޮއްކޮއިންގެ ގޮތުގައެވެ. އެކުދިން ދެކެ ވަރަށް ލޯބިވެއެވެ. ޝާއިން ވާހަކަ ދައްކާލަން އިނުމަށްފަހު ކޮޓަރިއަށް ދިޔައެވެ. ގޭގައި ހުންނަނީ ލިފްޓްކަމުން 2 މިނެޓްތެރޭ  ޝައިންގެ މަންޒިލަށް ދިޔައެވެ. 4 އަހަރު ފަހުން އެތަން ފެނުމުން ޝާއިންގެ ހިތަށްވީ ބުނެދޭން ނޭނގޭ ކަހަލަ އިހްސާސެކެވެ. ޝައިންގެ ކޮޓަރި ހުޅުވާލުމާއެކު ހުދާއި، ނޫކުލައިގެ ފުއްޕާހަންތައް ޝާއިންގެ ފައިގައި ޖެހެމުންދިޔައެވެ. ކޮޓަރިތެރެވަނީ ވަރަށް ޒީނަތްތެރިކޮށްފައެވެ. އަދި ފާރުގައި “ވެލްކަމް ބެކް ޝާއިން” މިހެން ޖަހާފައި އިނެވެ.

ޝާއިންގެ ހިތަށް އެރިއެވެ. މިއީ ހާދަ ފޮނި ޚިޔާލުތަކާއި، ވިސްނުންތަކެއް ފޮރުވިފައިވާ ތަނެކެވެ. އަދި ޝާއިންއާއި، ނީރާގެ އެ ލޯބިލޯބި ހަނދާންތައްވެސް ވަނީ މިތަނުގައެވެ. ޝާއިންގެ ހިތަށް އެރިއެވެ. މިހާރު ނީރާ ކޮބައިބާވައެވެ؟ ނީރާގެ ހަބަރެއްވެސް ނުވެއެވެ. ނީރާ އަބަދުވެސް ދެކެނީ ޝާއިންއަކީ އޭނާގެ “ބެސްޓް ފްރެންޑް” ކަމުގައެވެ. ނީރާއަށް ނޭނގޭކަމަކީ ޝާއިން ނީރާދެކެ ވަރަށް ލޯބިވާކަމެވެ. ޝާއިން މި ހުރިހާދުވަހު މެލޭޝިއާއަށްވެސް ދިޔައީ ކޮންމެހެން ބިޒްބަސް ބަލަހައްޓަކަށް ނޫނެވެ. ނީރާގެ ޚިޔާލުތައް ފުހެލާށެވެ. އޭއީ ޝާއިންއަށް ދުވަހަކުވެސް ނީރާ ނުލިބޭނެކަން އެނގޭތީއެވެ. އަދި ހަމަ އެހެންމެ ނީރާގެ ހިތުން ޝާއިންއަށް އެއްވެސް ޖާގައެއް ނެތީމައެވެ.

ޝާއިންއަށް ނީރާގެ ހަޔާތުން ޖާގައެއް ނެތްކަމުގައިވިއަސް އަބަދުވެސް ވިސްނެނީ ނީރާއާ މެދުގައެވެ. ޝާއިން މި 4 އަހަރުތެރޭ ނީރާއަށް ގުޅާލީ ދެދުވަހުއެވެ. “ފޭސްބުކް” އިންވެސް ނީރާ “އަންފްރެންޑް” ކޮށްލިއެވެ. ނަމަވެސް މިއަދު ޝާއިން ނީރާއާ ވާހަކަ ދައްކާލާ ހިތްވެއްޖެއެވެ. ޝާއިން ލެޕްޓޮޕް ނަގައި ހުޅުވާލުމަށްފަހު ފޭސްބުކަށް ވަދެ ނީރާގެ “ޕްރޮފައިލް” ބަލަން ފެށިއެވެ.

ޝާއިންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ނީރާ ލައިފައި ހުރި ފޮޓޮތަކުން ޝައިންއަށް އެނގުނީ ނީރާ އިނީ ނީރާއަށް އަނިޔާދިން އެނުލަފާ ނާފިޒްއާކަމެވެ. އަދި މިހާރު އޭނާގެ ދަރިއަކަށް ބަލިވެއިންކަމެވެ. ޝާއިން ރުޅިއައިސްގެން ބޮލުގައި ހިފައި ބިންމަތީގައިވާ ފުއްޕާހަންތަކަށް އަރައި ފަޅަން ފެށިއެވެ.

އިރުކޮޅަކު ރުޅިއައިސް ހުރުމަށްފަހު ޝާއިން އެނދުގައި އިށިއިނުމަށްފަހު ވިސްނާލިއެވެ. ޝާއިންއަށް ކީއްހެއްޔެވެ؟ ޝާއިންއާ ކޮންބެހޭކަމެއް ހެއްޔެވެ؟ އެމީހަކު އުޅޭނެގޮތެއް އެނގޭނީ އެމީހަކަށްތާއެވެ. އިރުކޮޅަކުން ޝާއިންގެ ފޯނު ވައިބްރޭޓްވާން ފެށުމުން ބަލައިލިއިރު ގުޅަނީ އޭނާގެ މަންމައެވެ. ” ދަރިފުޅާ! އައިސްބަލަ ތިރިއަށް، އެބަހުއްޓެ ކުއްޖަކު ޝާއިންއާ ބައްދަލުކޮށްލަން އައިސް” ޝާއިންގެ މަންމަ ބުންޏެވެ. ” އެބަދަން، އިރުކޮޅެއްވާނެ، އޭނަ ކައިރީ ބުނޭ ލަސްވަންޏާ މައްޗަށް އަންނާށޭ” މިހެން ބުނުމަށްފަހު ޝާއިން ފޯނު ކަނޑާލުމަށްފަހު ވަނީ އަވަހަށް ފެންވަރާށެވެ.

ފެންވަރައިގެން ނުކުތްއިރު ދޮރުގައި ޓަކިޖަހައެވެ. “މަޑުކޮށްލާ މިހުޅުވަނީ” ޝާއިން މިހެން ބުނުމަށްފަހު އަވަހަށް ރީތިވެލިއެވެ. ޝާއިންގެ ހިތަށް ނޭނގޭ އިހްސާސްތަކެއް ދަނީ ކުރެވެމުންނެވެ. ޝާއިން އެކަމާ އަޅާނުލައިގޮސް ދޮރު ހުޅުވާލިއެވެ. ޝައިންއަށް ލިބުނީ ޝޮކެކެވެ. އެތަށް އިރަކު އެމޫނަށް ބަލަން ހުރެވުނެއެވެ. ހަމަ އެލޯބިލޯބި މޫނެވެ. ހަމައެކަނި ތަފާތަކީ މިހާރު ހުންނަނީ ޖިލްބާބް ލާފައިކަމެވެ. އަދި ނުކުމެފައިހުރި ކުޑަކުޑަ ބަނޑެވެ. “ޝާއިން ޕްލީޒް އަހަރެން ސަލާމަތްކޮށްދީ” ނީރާ ބުނެލިއެވެ. “ޚަބަރުދާރު ތިދުލުން މަގޭ ނަން ކިޔައިގެން ނުވާނެ، ހަމަމިހާރު މިަތުން ދޭ، މަގޭ ކުރިމައްޗަށް ދުވަހަކުވެސް ނާންނާތި” އެހެން ބުމުމަށްފަހު ޝާއިން ބާރުބާރަށް ދޮރުފަތް ޖެހިއެވެ. އެއިރުވެސް ނީރާ ދަނީ އެކަމުން ސަލާމަތްކޮށްދޭށޭ ކިޔަމުންނެވެ. ޝާއިންއަށްވެސް އެއީ ކޮންކަމެއްކަމެއް ނޭނގުނެވެ.

ޝާއިން ދޮރު ޖެހުމަށްފަހު އެހުރިގޮތަށް ތިރިވީއެވެ. ޝާއިންއަށް ރޮވުނެވެ. ޝާއިންގެ ހިތަށް އެރިއެވެ. ޝާއިން އެހެން ނީރާއަށް ތި ހެދީ ކީއްވެހެއްޔެވެ؟ ނީރާ ސަލާމަތަށް އެދި އައީމާ ޝާއިންގެ އަތް ތި ނުދިނީ ކީއްވެހެއްޔެވެ؟ ނީރާގެ އާއިލާގެ މީހެއްވެސް ނީރާއަށް އެހީވާކަށް މިދުނިޔެއެއްގައި ނެތެވެ. މިކަހަލަ ޚިޔާލުތަކެއްގައި އިނދެ ޝާއިންއަށް ނިދުނު އިރުވެސް ނޭނގުނެވެ. ނަމެވެސް ޝާއިން އަޒުމް ކަނޑައެޅިއެވެ. ވަރަށް އަވަހަށް ނީރާ ހޯދައި، ނީރާއަށް ސަލާމަތްކަން ދޭށެވެ.

ޝާއިން ނީރާ ހޯދުމަށް މަސައްކަތްކުރާތާ ހަފްތާއެއް ވީއެވެ. ނަމަވެސް ނީރާގެ އެއްވެސް ޚަބަރެއް ނުވެއެވެ. ނީރާގެ ރައްޓެހިންނަށްވެސް ނީރާ އުޅޭތަނެއް ނޭނގެއެވެ. ޝާއިންގެ ބޯ ހަމަހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ. ޝާއިންއަށް އެރޭ އެހެން ނުހެދުނުނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ. ނަވަސް ނީރާ ޝާއިންއަށް އެއްވެސް ކަމެއް ނުކުރޭތާއެވެ. މިކަހަލަ ޚިޔާލެއްގައި އިންދައި ޝާއިންގެ އެކުވެރި އަހުނަފް ގުޅުމަށްފަހު ކޮފީއަކަށް ދާން ބުނުމުން ޝާއިން އެތަނަށް ދިޔައެވެ.

ކޮފީގައި އިނދެފައި ކުއްލިއަކަށް ޝާއިންއަށް ތެދުވެވުނީ ނީރާ އެތާގައި އިން މޭޒެއްގައި އެކަނިމައި އެކަނި ކާން އިންތަން ފެނިގެންނެވެ. ޝާއިން ދުވެފައިގޮސް ނީރާ ކައިރީ އިށިއިނުމަށްފަހު ރޮއެ އާދޭސް ކުރަމުންދިޔައީ އޭނާއަށް މާފުކުރުމަށެވެ. ނީރާ ކައި ނިންމާލުމަށްފަހު ބިލްދައްކާފައި ޝާއިން ގޮވައިގެން ބޭރަށް ނުކުތެވެ.

ނީރާ ޝާއިންއަށް މާފްކުރިއެވެ. އެމީހުން ދެންދިޔައީ މޫދުކައިރިއަށެވެ. ނީރާ މަޑުމަޑުން ވާހަކަ ދައްކަން ފެށިއެވެ. “ޝާއިން، އަހަރެންގެ ބަނޑުގައި މިއޮތީ ކާކުގެ ދަރިއެއްކަން އެނގޭތަ؟” ޝާއިން ދެފަރާތަށް ބޯހޫރުވާލިއެވެ. “މީ އެނުލަފާ ނާފިޒްގެ ދަރިއެއް، އޭނަ އަހަންނަށް ގަދަކަމުން ހެދިގޮތެއްމީ، ފުރަތަމަ ބުނީ ތިމަންނައާ އިންނާށޭ، ނޫނީ ޝާއިން މަރާލާނަމޭ، އެހެންވެ އަހަރެން އޭނައާ އިނީ، އެކަމަކު ދެންވެސް އަހަރެންގެ ނުގަބޫލުގަ އޭނަ އަަހަންނަށް މިހެން ހެދީ” ގިސްލަމުން ނީރާ ކިޔައިދިނެވެ. ޝާއިން ނީރާ ގާތްކޮށްލިއެވެ. އަދި ބުންޏެވެ. “މިހާރު އޭނާ ވަރިކުރީތަ؟”، “އާން މީގެ 3 މަސްކުރިން އަހަރެން ބަނޑުބޮޑުކަން އެނގުނީމަ ވަރިކޮށްލީ، އެހެންވެ ޝާއިން ކައިރިއަށް ދިޔައީ މިވާހަކަތައް ކިޔައިދޭން، އަހަރެން މިހާރުވެސް މިއުޅެނީ ވަރަށް ދަތިކޮށް”

“ހާސްނުވޭ ނީރާ، އަހަރެން ތިކަމަށް ހައްލެއް ހޯދަދޭނަން” އެހެން ބުނުމަށްފަހު މީގެ ހަފްތާއެއް ކުރިން ނީރާ ފެނުން ދުވަހަކުން ދޭން އޮތް އަނގޮޓި ނަގައި ނީރާގެ އަތުގައި އަޅުވާލުމަށްފަހު “އަހަންނާ އިންނާނަންތަ؟” މިހެން ބުނެލިއެވެ. ނީރާ ވަރަށް ލަދުންހުރެ އާނއެކެ ބުންޏެވެ.

ޝާއިންގެ މައިބަފައިންގެ ރުހުމާއެކު އޭގެ 2 ހަފްތާފަހުން އެމީހުން ކައިވެނިކުރިއެވެ. ޝާއިންގެ ހުވަފެން ޙަޤީޤަތަކަށްވީއެވެ. ޝާއިން ނީރާ ގެންގުޅެނީ ވަރަށް ލޯބިންނެވެ. އަދި ނީރާއަށް ލިބުނު ދަރިފުޅަށްވެސް ބައްޕައެއްގެ ލޯބި ދީގެން ވަރަށް ލޯބިން ބަލަހައްޓަމުން ދިޔައެވެ. މިހާރު ނީރާއާއި، ޝާއިންވެސް ދިރިއުޅެމުންދަނީ ވަރަށް އުފާވެރިކޮށް، ވަރަށް ލޯބިންނެވެ.

-ނިމުނީ-

ނޯޓް: މިއީ ކުޅުދުއްފުށީލައިވް އިން ކުޅުދުއްފުށީ ސްކޫލްތަކުގެ ސެކަންޑްރީ ގްރޭޑްތަކަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި އަފީފުއްދީން ސްކޫލްގެ ގްރޭޑް 10 އޭގެ ދަރިވަރު އައިޝަތު މާސާ މުޙައްމަދު ލިޔެފައިވާ ވާހަކައެކެވެ.

4mix-2

avatar
1 Comment threads
3 Thread replies
0 Followers
 
Most reacted comment
Hottest comment thread
3 Comment authors
lillShiuReinNihaan Recent comment authors

This site uses Akismet to reduce spam. Learn how your comment data is processed.

Nihaan
Nihaan

vaahaka eh gothakah vex kamaku !nudhey!
bandu kan engi hure kaiveni kuree…anehkaa shaain vex ehaa loabi vaa meehakaa ziney kuran…
mi fadha kan kan vex mihaaru grade 10 ga ulhey kudhin nah neygenee tha?

Rein
Rein

Bala rangalha vaahaka kiyaafa comment kohbala… Eyaku nethethey ziney eh kohfa eh

Shiu
Shiu

masalayakee preg kan egi hure kaiveni nukure veyne thee… viheyma marry kuri nama best vaane… preg kan engi hurekaiveni kuree kamah kiyass eyge fahun hingaa gulun thakakee hiley firi henakaa anhenakaa dhemedhu hingaa gulun… Thiyabai meegun ziney aa faai nuvaasey…
Thi faraathun thi othy vaahaka nukiyaa

lill
lill

Bandubodu myhun nuvihanis kaivenyyeh nukureveyne