ރާއްޖެތެރޭގެ ހިތްގައިމު މާހައުލު ދޫކޮށްލުމަށްފަހު މާލޭގެ ހަލަބޮލިކަމަށް އަހަރެން ބަދަލުވީ އަހަރެން ކުޑައިރުއްސުރެ ބައްޕަ ދެކެމުންއައި ހުވާފެން ޙަޤީޤަތަކަށް ހެދޭނެކަމުގެ ފޮނި އުންމީދުގައެވެ. މާގާތް މީހަކު މާލޭގައި ނެތްކަމުން ދުރުތާ ތިމާގެ މީހެއްގެ ގޭގައި އަހަރެން މަޑުކުރީ ބައްޕަގެ އެދުމަށެވެ. އަހަރެން މީގެކުރިން މާލެއައިސްފައި ނުވުންވީ މާލޭގެ ކާރޫބާރު ބޮޑު މަގުތަކާ އަހަރެން ބީރައްޓެހި ކުރުވިކަމަކަށެވެ.

އަހަރެން ދިރިއުޅެމުންދިއައީ އަހަރެންގެ ބައްޕަފަރާތު ބޮޑުދައިތައެއްގެ ދަރިފުޅު އަފްރާޙް ގޭގައެވެ. މާލޭގައި ދިރިއުޅުމުގެ ސަބަބުން އޭނާގެ އުޅުން އަހަރެންނާއި ހާސްބައި ތަފާތެވެ. ގިނަވަގުތު ހޭދަކުރަނީ ގެއިން ބޭރުގައެވެ. އަހަރެންނަކީ މާގިނަ ވަގުތު ބޭރުގައި ހޭދަކުރާ މީހެއް ނޫންނަމަވެސް އަފްރާހާއި ދިމާވތާ ދެތިންމަހެއްތެރޭ އަހަރެންގެ އުޅުން މުޅިންހެން ބަދަލުވިއެވެ. އަހަރެން ކިޔެވުމަށާއި، އަޅުކަންތަކަށް ދެވޭ ވަގުތު ކުޑަވެ ގިނަވަގުތު އަފްރާހާއެކު މަޖާނެގުމުގައި ބޭކާރު ކުރަން ފެށުނެވެ. އަހަރެން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އަފްރާހްގެ އެންމެ ގާތް އެކުވެރިޔާ އަޒްހަދުއާއެވެ. އޭނާއަކީ ބަލާބެލުމަށް ވަރަށްވެސް ރީތި މީހެކެވެ. ހަމުގެކުލަ އެހާއަލި ނޫންކަމުން އޭނާ ހެވިފައި ހުންނަވަގުތު އޭނާގެ ހުދުހުދު ދަތްތައް ވަރަށް ފުރިހަމަކަމަށް ދައްކައެވެ. އިސްކޮޅު ރީތި މިނަކަށް ދިގެވެ.

ނަމަވެސް އަޚްލާގަށް ސުމެކެވެ. އަޒްހަދަކީ މަގުމަތީގައި ގްރޫޕް ހަދައި، މީހުންނަށް ދުއްތުރާކުރުމުގައި މުޅިދުވަސް ހޭދަކޮށްލާ މީހެކެވެ. ހަމައިގައި ހުންނަފަހަރު މަދެވެ. އޭނާގެ ހުރިހާ ކަމެއްގައި އަހަރެންވެސް މަޑުމަޑުން ދިޔައީ ބައިވެރިވަމުންނެވެ. މިހާރު އަހަރެންނަކީ ކިޔެވުމަށް އިސްކަންދޭ ކުއްޖެއްނޫނެވެ. އަހަރެން މާލެއައީ ބައްޕަގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގެ ނިޔަތުގައި ނަމަވެސް މިހާރު އަހަރެން އެއިން ކަމެއްމަތިން ހަނދާނެއްނެތެވެ. ކުޑަމިނުން ގެއިން މީހެއްގެ ހާލު ބަލާލަން ގުޅާވެސް ނުލަމެވެ. މިގޮތުގައި ދުވަސްތައް ހޭދަކުރަމުންގޮސް އަހަރެންގެ އުފަންދުވަހާ ޖެހިއްޖެއެވެ. ހުރިހާ އެކުވެރިންނާއެކު ގޭގައި އަހަރެން ޕާޓީކުރަމުން ދިޔައީ ބާރުލަވަޔާއެކު ނަށަމުންނެވެ. އެކަކުވެސް ހުރީ ހަމައެއްގައެއް ނޫކަން ޔަގީނެވެ. ދަންވިދަންވިހެން އަހަރެމެން ފޯރި ގަދަކޮށްލަމެވެ. ކުރެވޭ ނުކުރެވޭ ކަމެއް އަހަރެމެންނަކަށް ނުވިސްނެއެވެ. ވަރަށް ފޯރި ގަދަވި ވަގުތެއްގައި މަތީބުރީގައި ހުރި އަފްރާހް ތިރިއަށް ވެއްޓިއްޖެއެވެ. އަޒްހަދުގެ އަތުންޖަހައި އޭނާ ކޮށްޕައިލީ ސަމާސާ ކުރުމުގެތެރެއިންނެވެ. މާލަސްތަކެއްނުވެ އެމްބިއުލާންސަށް ގުޅައި ގެނައީމެވެ. ނަމަވެސް އެއިރު އަފްރާހްވަނީ މިދުނިޔެއާ އަލްވަދާޢު ކިޔާފައެވެ. ފުލުހުން އައިސް ތަޙްޤީޤްކުރި ކުރުމުން އަހަރެން ޕާޓީގައި މަސްތުވުމަށް ބޭނުންކުރާ ތަކެތި ހުރިކަން އެނގުނެވެ. އަހަރެން 3 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒްކުރަން ޖެހުނެވެ. އަޒްހަދު މުޅި އުމުރަށް ޖަލަށެވެ. ޖަލުން ސަލާމަތްވުމަށްފަހު އަހަރެން އެނބުރި ދިޔައީ ރަށަށެވެ. އުޅެވުން ގޮތާމެދު ދެރަވެ ހިތާމަކުރާ ހާލު ބައްޕަގާތުން މަޢާފަށް އެދުމަށެވެ. ނަމަވެސް ފަގުތު ފާއިތުވެއްޖެއެވެ. އަހަރެންގެ ވަހަކަތައް ބައްޕައަށް އެނގުނު ދުވަހު ބައްޕަ ހިތްދަތިވީވަރުން ޖެހުނު ހާޓްއެޓޭކެއްގައި ބައްޕަވަނީ ދުނިޔެދޫކޮށްފައެވެ. އަހަރެންނަށް ގޭ އެންމެން ނަފްރަތުކުރެއެވެ. އަހަރެން ނިންމީ ވަރަށް ދުރުހިސާބަކަށް ދިރިއުޅުން ބަދަލުކޮށްލުމަށެވެ. މިހާރު އަހަރެންނަކީ މުޅިން ތަޢުބާވެ ދީނީކަންކަމަށް އިސްކަންދޭ މީހެކެވެ. ލޯބިލޯބި ކުއްޖެއްގެ މަންމައެކެވެ. އަހަރެން އުޅުން ބަދަލުވުން ބަދަލުވެ ވާހަކަތަކެއް ހިއްސާކޮށް އަހަރެންގެ ދިރުއުޅުމުގައި ކެތްތެރިވެ ކުރިއަށްދިއުމަށް އެހީތެރިވީ އަހަރެންގެ ފިރިމީހާ ޝިއާންއެވެ. އަހަރެން މިހާރު މިދިރިއުޅެނީ ވަރަށް އުފާވެރި ދިރިއުޅުމެއް ނަމަވެސް އެދުވަސްތައް މަތިން ހަނދާންވެ އަހަރެން އަބަދުވެސް ހިތަމަކުރަމެވެ. ބައްޕަގެ ރުހުން އަހަރެންނަށް ދެއްވާތީ ދުޢާކުރަމެވެ.

-ނިމުނީ-

ނޯޓް: މިއީ ކުޅުދުއްފުށީލައިވް އިން ކުޅުދުއްފުށީ ސްކޫލްތަކުގެ ސެކަންޑްރީ ގްރޭޑްތަކަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ޖަލާލުއްދީން ސްކޫލްގެ ގްރޭޑް 9 ބީގެ ދަރިވަރު އައިމިނަތު އަޒީމާ އާދަމް ލިޔެފައިވާ ވާހަކައެކެވެ.

4mix-2

avatar

This site uses Akismet to reduce spam. Learn how your comment data is processed.