ވީޓީވީ ކަރޯކޭ ޗެލެންޖް ކުޅުދުއްފުށީ އެޑިޝަންގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ބާއްވާ އޮޑިޝަން ކުޅުދުއްފުށީގައި އޮންނާނެކަމަށް ވީޓީވީއިން ބުނެފިއެވެ.

މި އޮޑިޝަން ކުޅުދުއްފުށީގައި ކުރިއަށް ދާނީ ކުރީގެ މީޑިޔާ ސެންޓަރު ހިންގި އިމާރާތުގައެވެ. ދިވެހި، ހިންދީ އަދި އިނގިރޭސި ކަރޯކޭ ލަވަ ކިއުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ހުނަރު ދައްކާލުމަށް ފުރުޞަތު ހޯދައިދިމުގެ މަޤްޞާދުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިދިއަ އޯގަސްޓް މަހުގެ 3 ވަނަ ދުވަހާ ހަމަށް ހުޅުވާލިއިރު، މިހާތަނަށް 20 ފަރަތަކުން ބައިވެރި ވުމަށް ވަނީ ނަންނޯޓް ކޮށްފައެވެ. އަދި މިހާރުވެސް ނަންނޯޓް ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.

ނަންނޯޓް ކުރުމަށް ބޭނުންވާ ފަރާތްތަކުން 9115566 އަށް ގުޅުއްވައިގެން ނަންނޯޓް ކުރެވޭނެކަމަށް އެފަރާތުން މަޢުލުމާތު ދެއެވެ.

މި އޮޑިޝަނުން ހޮވޭ ފަރާތްތަށް ވާދަކުރާނީ ވީޓީވީ ކަރޯކޭ ޗެލެންޖް ކުޅުދުއްފުށީ އެޑިޝަންގައެވެ. އެ އެޑިޝަނުން 1 ވަނައަށް ހޮވޭފަރާތަކަށް 10000 ރުފިޔާގެ ފައިސާގެ އިނާމްވަނީ ހުށަހެޅިފައެވެ.

މިހުސްވި ރަމަޟާންމަހު ވީޓީވީ އިންވަނީ ކަރޯކޭ ޗެލެންޖް ކޮލަމްބޯ އެޑިޝަން ބާއްވާފައެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.