ސަރުކާރުން އިސްކަން ދެނީ އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށް ތަރައްޤީ ކުރުމަށް ކަމަށް ހައުސިން މިނިސްޓަރ ޑރ.އަޙްމަދު މުއިއްޒު ވަނީ ދާދިފަހުން ވިދާޅުވެފައެވެ. މިނިސްޓަރ އެހެން ވިދާޅުވީ އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހަށް ދެއްވި ބަސްދީގަތުމެއްގައެވެ. ހުކުރު ދުވަހު ގާޑިއަން ނޫހުގައި ޝާއިއުކޮށްފައިވާ ލިއުމުގައި ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ކުދި ރަށްރަށުން އެހެން ރަށްރަށަށް ބަދަލު ކުރާ އާއިލާތަކަށް ބޮޑެތި ރަށްރަށުގައި ހިލޭ ގެދޮރު ހަމަޖައްސާދޭނެ ކަމަށެވެ.

ސުވާލަކީ މިނިސްޓަރ އެވިދާޅުވި ބަސްފުޅުގައި ތެދުއެކުލެވެނީ ކިހާވަރަކަށް ބާއެވެ؟ ހދ.ކުޅުދުއްފުއްޓަކީ އަތޮޅެއްގެ ވެރިކަން ކުރާ ރަށެކެވެ. ރާއްޖޭގެ އެންމެ އާބަދީ ބޮޑު އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. އުތުރުގެ ހިތެވެ. މިނިސްޓަރ އެވިދާޅުވާ އިސްކަމެއް ކުޅުދުއްފުއްޓަކުން ނުފެނެއެވެ.

އަތޮޅުތައް މިނިސްޓްރީތަކަށް ބެހިއިރު ހދ.އަތޮޅު ލައްވާލީވެސް ހައުސިންގ މިނިސްޓްރީއަށެވެ. އެމިނިސްޓްރީގެ ދަށަށް ހދ.އަތޮޅު ދިއަފަހުން އެމިނިސްޓްރީގެ ޓީމްތައް ދެފަހަރެއްގެމަތިން އަތޮޅަށް ޒިޔާރަތްކޮށްފިއެވެ. އެންމެ ފަހުގެ ޒިޔާރަތުގައި މިނިސްޓަރވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަތޮޅުގައި ހުރި މައްސަލަތަކާއި، ހުއްޓިފައިހުރި ޕްރޮޖްކްޓްތަކާއި، ކައުންސިލަރުންގެ ޝަކުވާތައް ފޮތުގައި ނޯޓްކުރުން ފިޔަވައި އިތުރުކަމެއް ނުކުރެއެވެ. ނޯޓްކުރި ކަންކަމުން އައި ބަދަލެއްވެސް ނެތެވެ.

2010 ވަނަ އަހަރު ކުޅުދުއްފުށީގައި ހަދަންފެށި މަގުތައް އޮތްގޮތަށް އޮތީއެވެ. ހަމައެއަހަރު އަޅަންފެށި ރޯހައުސްތައް ހުރިގޮތަށް ހުރީއެވެ. ޅ.އަތޮޅު މާފިލާފުށިން ކުޅުދުއްފުއްޓަށް ބަދަލުކުރި ދެއާއިލާއަކަށް ފިޔަވައި އެ ރޯހައުސްތަކުން ބޯހިޔާވަހިކަން ލިބިފައެއްފައެއް ނުވެއެވެ. އެމްޑީޕީ ސަރުކާރުން ހިއްކި ވެލިގަނޑުވެސް ގިރައިގެން އެބަދެއެވެ. އެދިމާގައި އަޅަން ބުނާ ބަނދަރެއް އަދި ނުފެނެއެވެ. މިފާހަގަކޮށްލެވުނީ ހައުސިންގ މިނިސްޓްރީއާ ގުޅުންހުރި އެންމެ ދެތިންކަމެއްގެ ވާހަކައެވެ.

އެހެންވީމާ، “ސަރުކާރުން އިސްކަން ދެނީ އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށް ތަރައްޤީ ކުރުމަށް ކަމަށް” ވިދާޅުވި ބަސްފުޅު “ސަރުކާރުން އިސްކަން ދެނީ ސަރުކާރުން ބޭނުންވާ އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށް ތަރައްޤީ ކުރުމަށް ކަމަށް” ވިދާޅުވިނަމަ މާ ރަނގަޅުވީހެވެ.

2 ކޮމެންޓް

  1. bin hikaigen ehffaskureven neiy than than tharahgeekurumuge maana eh neiy… kulhudhuffushyge bn min othy furifa hikkeykah neiyy vashaigennkandu

    • hihkafa oi than ves tharahgi nukurevunu. ppm sarukaru aee fahun ves aa mashroo eh nufasha. kurin ves kuri kameh kohfa othy. eh kan kan ves miharu medhu kendifa.

Leave a Reply