ހދ.އަތޮޅުގެ 4 ރަށެއްގައި ފުޓްސަލް ދަނޑު އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ފުޓްސަލް ދަނޑު އެޅުމަށް މިއަދު ސޮއިކޮށްފައިވަނީ ހދ.ނޮޅިވަރަމްފަރާއި، ހަނިމާދޫއާއި، ނޭކުރެންދޫގެ އިތުރުން ނެއްލައިދޫގައެވެ.

ޔޫތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހދ.އަތޮޅުގެ އިތުރުން ފުޓްސަލް ދަނޑު އެޅުމަށް ސޮއި ކުރެވިގެން ދިޔަ ރަށްތަކަކީ ހއ.ތަކަންދޫ، އއ.ތޮއްޑޫ، ކ.ހުރާ، ކ.ދިއްފުށި، ކ.މާފުށި، ކ.ވިލިމާލެ އަދި ހުޅުމާލެ ޔޫތް ސިޓީގެ ހަތަރު ދަނޑެކެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގެ ކޮންމެ ރަށެއްގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ސްޕޯޓްސް އެރީނާގެ ދަށުން މިހާތަނަށް 50 ފުޓްސަލް ދަނޑެއްގެ މަސައްކަތް އެއްކޮށް ނިމި، އިތުރު 90 ދަނޑެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz