އެސްޓީއޯ ނޯތް ޑިސްޓްރިބިއުޝަން ސެންޓަރ / ފޮޓޯ: އެސްޓީއޯ ކުޅުދުއްފުށީ ޝޮޕް އެފްބީ ޕޭޖް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސް.ޓީ.އޯ) ގެ ފިހާރައެއް ކުޅުދުއްފުށީގައި ހުޅުވުނީ ރައްޔިތުން އެކަމަށް ބޭނުންވެގެން އުޅޭތާ އެތަކެއް ދުވަހެއް ފަހުން 31 އޮގަސްޓް 2011 ގައެވެ. އެސްޓީއޯ އިން ރާއްޖެތެރޭގައި ފިހާރަތަށް ހުޅުވައިގެން ޚިދުމަތް ދެމުންގެންދާތާ އެތަކެއް އަހަރެއް ފަހުން ކުޅުދުއްފުށީ ފިހާރައެއް ހުޅުވިގެން ދިއުމުގައި ސަބަބުތަކެއް އެބަހުއްޓެވެ. ނަމަވެސް އެސަބަބުތަކަށް ދާކަށް ނެތީމެވެ. މިވަގުތު ބަލާލަން ބޭނުންވަނީ އެފިހާރައިން ރައްޔިތުންނަށް ފައިދާވަނީ ކިހާ މިންވަރަކަށް ތޯއެވެ؟ އެފިހާރަ ހުޅުވުމުގެ މަޤްޞަދު ފުރިހަމަ ގޮތުގައި ޙާޞިލް ވޭތޯއެވެ؟

ރަމަޟާން މަސް މިއޮތީ ބޯމަތިވެފައެވެ. އެސްޓީއޯ ނޯތް ޑިސްޓްރިބިއުޝަން ސެންޓަރ ނުވަތަ އެސްޓީއޯ ކުޅުދުއްފުށީ ފިހާރަހުރީ ހުހަށެވެ. ރަމަޟާން މަހަށް ރައްޔިތުން ބޭނުންވާ ސާމާނު ލިބޭކަށް ނެތެވެ. މީގެ ކުރިން ފިޔާ، އަލުވި، ބިސް ރަމަޟާން މަސް އައުމުގެ ކުރިން އެފިހާރައިން ވިއްކައެވެ. އެސްޓީއޯއަކީ ކާބޯތަކެތި ކޮންޓްރޯލް އަގެއްގައި ވިއްކުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. ކުޅުދުއްފުށީގެ ރައްޔިތުންނާއި، ސަރަޙައްދުގެ ރައްޔިތުންވެސް އުއްމީދުކުރަނީ މާލެއެކޭ އެއްއަގެއްގައި ކާބޯތަކެއްޗާއި، އެހެނިހެން ތަކެތި ކުޅުދުއްފުށީ އެސްޓީއޯ ފިހާރައިން ލިބޭނެކަމަށެވެ. ނަމަވެސް މިފަހަރު ރަމަޟާން މަހާ ދިމާކޮށް ފެނިގެން މިދިއައީ ކާބޯތަކެތީގެ އިތުރުން އެހެނިހެން ސާމާނުވެސް އެފިހާރާގައި ވަރަށް މަދުން ހުރި މަންޒަރެވެ.

އެފިހާރަ ހުޅުވި ދުވަހު އެސް.ޓީ.އޯގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޝާހިދު ޢަލީ ވިދާޅުވި ގޮތުގައި މި ޑިސްޓްރިބިއުޝަން ސެންޓަރަކީ މާލެއިން އުތުރަށް ބޭނުންވާ ތަކެތި ޚާއްސަކޮށް ކާޑާއި، ކާނާގެ ބާވަތްތައް ސީދާ ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރަށް އިމްޕޯޓްކޮށް ސަރަހައްދުގެ އެހެން ރަށްތަކަށް ޑިސްޓްރިބިއުޓް ކުރުމަށްޓަކައި ހުޅުވި ސެންޓަރެކެވެ. އެދުވަސްވަރު އެކަމަށް މަސައްކަތްތަކެއް ކުރެވުން ނަމަވެސް މިއަދު ފެންނަން ހުރީ ދިމާ އިދިކޮޅަށެވެ.

އެފިހާރަ ހުޅުވިފަހުން ކޮންމެ ރަމަޟާން މަހަކާ ދިމާކޮށްވެސް ފިޔާ، އަލުވި، ބިސް ފަދަ ބާވަތްތައް ގަންނަން ލިބެން ހުރިއިރު، މިފަހަރު މިހެން ދިމާވުމުން ގިނަ ބަޔަކު ބުނާ ވާހަކައެއް އެބައޮތެވެ. ނިމިދިއަ ލޯކަލް ކައުންސިލް އިންތިޚާބުގައި، ވެރިކަންކުރާ ޕާޓީއަށް ކުޅުދުއްފުށިން އެންމެ ގޮނޑިއެއްވެސް ނުލިބުމުން އެކަމުގެ ރުޅިގަނޑު ރައްޔިތުންނަށް ބާލާލީއެވެ. ލޯކަލް ކައުންސިލް އިންތިޚާބް ނާކާމިޔާބުވެފައި ވަނިކޮށް ހަމައެރޭ އާސަންދައިގެ ޚިދުމަތް އަމިއްލަ ތަންތަނުން ކަނޑާލާފައިވާތީ މިއީ ހަމަ އޮށްޓަރުހުރި ވާހަކައެއްގެ ގޮތުގައި ބަލައިގަތުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.

avatar
2 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Hussain Recent comment authors

This site uses Akismet to reduce spam. Learn how your comment data is processed.

Anonymous
Anonymous

evves ottareh nei vaahakaeh

Hussain
Hussain

Kulhudhuffushi ge bodethi viyafaari veringe nufoozu foaruvaigen sto in heyo agu gaa ehves ehche nulibeykan faahaga kurevai Haa alifu sto in thakethi agu heyo kulhudhuffushi sto ga huna thakehchah vure