ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް އިންޑިޔާގެ ނިމްސް ހޮސްޕިޓާލާ މި މެއިމަހު ހަވާލުކުރާނެކަމަށް ވިދާޅުވިނަމަވެސް އެކަހަލަ ކަމެއް ފެންނާކަށް ނެތެވެ.

މިއަދަކީ މެއި މަހުގެ ފަހު ދުވަހެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް އިންޑިޔާގެ ނިމްސް ހޮސްޕިޓާލާ މި މެއިމަހުގެ ހަވާލުކުރާނެކަމުގެ ޔަގީންކަން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް މުޙައްމަދު ދެއްވާފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ޕީޕީއެމް އިން މި މެއިމަހުގެ 1 ވަނަ ދުވަހުގެރޭ ކުޅުދުއްފުށީގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

“އެންމެ ގިނަވެގެން ވެސް މިމަސް ތެރޭގައި އިންޑިޔާގެ ނިމްސްއާ ހަވާލުކުރެވިގެން ގޮސް އެފަރާތުން މިހާރު ދެއްވާފައިވާ ޔަގީންކަމާއެކީގައި ހަވާލުކުރާތަނުން މަސައްކަތް ފަށާނެކަމަށް. އެހެންވީމަ މި މޭ މަސް ނިމުމުގެ ކުރީގައި ހަވާލުކުރެވިގެންދާނެކަމުގެ ޔަގީންކަން މިރޭ އަޅުގަނޑަށް ހެލްތް މިނިސްޓަރ ދެއްވި” މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ މުޢިއްޒު އެރޭގެ ޖަލްސާގައި ވިދާޅުވީ މިހާރު ކުރިއަށްދަނީ ޤާނޫނީ ގޮތުން ކޮންމެހެން ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން އޭޖީ އޮފީހާއި، ހެލްތް މިނިސްޓްރީއާ ގުޅިގެން އެގްރިމެންޓްގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތްކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ނިމްސްއާ މިއަދު ހަވާލު ކުރާނެކަމަށް ވިދާޅުވި މެއި މަހުގެ އެންމެފަހު ދުވަހުގެ ގަޑިތައް ގުނަމުންދާއިރު، އެކަންކުރަން އުޅޭކަމުގެ އެއްވެސް ނިޝާނެއް ރައްޔިތުންނަށް ފެންނާކަށްތެވެ. އެވާހަކަތަކަކީ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން ޖެއްސެވި ސްޓަންޓެއްބާއޭ ސުވާލު އުފެއްދުމުގެ ފުރުޞަތުއެބައޮތެވެ. ހދ.އަތޮޅުގެ އަދި ޚާއްޞަކޮށް ކުޅުދުއްފުށީގައި ހިންގާ ޕްރޮޖެކްޓްތަކަކީ އަންނަމަހު ފަށާ ޕްރޮޖެކްޓްތަކެކެވެ. ދުވަހަކުވެސް އަންނަ މަހެއް ނާދެއެވެ. އަންނަމަސް ނާންނައިރު، މެއި މަސް ނިމޭނެބާއެވެ؟

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz