ބޭނުންވާނެ ތަކެތި

3 ބިސް

1/2  ހަކުރު

1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

1/2  ޖޯޑު ޗޮކްލެޓް ޗިޕްސް

2 މޭޒުމަތީ ސަމުސާ އަންސޯލްޓަޑް ބަޓަރ

1/4 މޭޒުމަތީ ސަމުސާ ލޮނު

1 މޭޒުމަތީ ސަމުސާ ބޭކިންގ ޕައުޑަރ

1 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ

1/2 ޖޫޑު ފުށް

ވިޕްޑް ކްރީމް

 

ތައްޔާރުކުރައްވާނެ ގޮތް

ފުރަތަމަ 3 ބިހާއި، ހަކުރުކޮޅު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ބަޓަރ، ފުށް، ކޮކޯ ޕައުޑަރ، ލޮނު އަދި ބޭކިންގ ޕައުޑަރ އެއްކޮށްލުމަށްފަހު ރަނގަޅަށް ފުށްގަނޑު ގަށާލާށެވެ. އަދި އެއަށްފަހު ޗޮކްލެޓް ޗިޕްސްކޮޅު އަޅާލާށެވެ.

ތަވާގައި ބަޓަރ ކޮޅެއް ހޭކުމަށްފަހު ހޫނުކޮށްލާށެވެ. އަދި ގިރާފައިހުރި ފުށްކޮޅުން ފަހަރަކު ސޫޕެއް އެޅުމަށްފަހު ފުށުން ޖަހަމުން ފިހާށެވެ. ކޮންމެ ފުށެއްވެސް ފިހަންވާނީ މަދުވެގެން 1 މިނެޓް ވަންދެންނެވެ. ޕޭންކޭކްސް ފިހެވުމުން ބޭނުންނަމަ މައްވަށް ވިޕްޑް ކްރީމްކޮޅެއް އެޅިދާނެއެވެ.

 

avatar

This site uses Akismet to reduce spam. Learn how your comment data is processed.