އިހަވަންދޫ އައިސްޕްލާންޓްކައިރީ ފުލުހުންހަރަކާތްތެރިވަނީ / ފޮޓޯ: އިހަވަންދޫ.ކޮމް

ހއ.އިހަވަންދޫގައި މީހަކު މަރާލައިފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާ އޮތީ އިހަވަންދޫގައި ހުންނަ އައިސް ޕްލާންޓްގައި ހުންނަ ކޮޓަރިއެއްގެ ތެރޭގަ އެވެ. އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައި މިއަދު ވަނީ ހަވީރު 4:15 ހާއިރު ކަމަށާއި މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މަރާލާފައި އޮއްވާފެނިފައިވަނީ އައިސްޕްލާންޓްގައި މެކޭނިނެއްގެ ވަޒީފާ އަދާކުރާ އަދި އެ ތަނާ ހަވާލުވެގެން ހުންނަ މީހާ އެވެ. އެއީ އިސްމާޢީލް އުމަރު ނަމަކަށްކިޔާ ހިންނަވަރު މީހެއްކަމަށް މަޢުލޫމާތިލިބެއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އައިސް ޕްލާންޓާއި އެ ސަރަހައްދު ބަންދުކޮށް ފުލުހުން އަންނަނީ އެ ތަނުގައި ހަރަކާތްރިވަމުންނެވެ. މިމަރާ ގުޅޭ ގޮތުން ފުލުހުން އަދި އިތުރު ތަފްޞީލެއް ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz