ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެތެރެއިން / ފޮޓޯ: ޕީއެސްއެމް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ޒަމާނީ ފެންވަރުގެ ޙިދުމަތް ދިނުމުގެ އެއްބަސްވުމުގައި އިންޑިޔާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލްފްރައިވެޓް ލިމިޓެޑް (އެންއައިއައި) އާއެކު ސޮއިކޮށްފިއެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢަބްދުﷲ ނާޒިމްއެވެ. އެންއައިއައި ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މޭނޭޖިންގ ޑިރެކްޓަރ ފައިޒަލް ހާން އާއި އެ ކުންފުނީގެ ޑިރެކްޓަރ ޢަލީ ޢުސައިދްއެވެ.

މި އެއްބަސްވުމުގެ ދަށުން އެކި ދާއިރާތަކުގެ ސްޕެޝަލިސްޓު ޑޮކްޓަރުންގެ ޚިދުމަތް ކުޅުދުއްފުށީ ހޮސްޕިޓަލުން ލިބިގެންދާނެއެވެ. އޭގެތެރޭގައި ލެބޯޓްރީގެ ޚިދުމަތާއި، ސީޓީ ސްކޭންގެ ޚިދުމަތުގެ އިތުރުން އެމް.އާރު.އައި ސްކޭންގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ. މީގެ އިތުރުން ތެލެސީމިއާ ކުދިންނަށް ފަރުވާދިނުމާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާތާ 16 މަސްދުވަހުގެ ތެރޭގައި، 50 އެނދުގެ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް 150 އެނދަށް ހޮސްޕިޓަލްގެ ބެޑް ކެޕޭސިޓީ އިތުރުކުރަންޖެހެއެވެ.

މި އެއްބަސްވުމުގެ ދަށުން އަންނަ ޖުލައިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހިންގުމާއި، އެންއައިއައި އިން ހަވާލުވާނެއެވެ. އެންއައިއައިގެ މެނޭޖިންގ ޑިރެކްޓަރ ފައިޒަލް ވިދާޅުވީ އަމާޒަކީ ހޮސްޕިޓަލާ ހަވާލުވާތާ 90 ދުވަހުގެ ތެރޭގައި ޚިދުމަތަށް ބޮޑެތި ބަދަލުތަކެއް ގެނައުންކަމަށެވެ.

އެންއައިއައި އަކީ އިންޑިޔާގެ މަޝްހޫރު ނިމްސް ހޮސްޕިޓަލްވެސް ހިންގާ ކުންފުންޏެވެ.

މީގެކުރިން ސަރުކާރުން ބުނެފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުން މިއަހަރުގެ މެއި މަހުގެތެރޭގައި އިންޑިއާ ހޮސްޕިޓަލާ ހަވާލުކުރައްވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
Hussain

Anni Veri kamuga Germany ge bayakaa havaalu kuri gothah havaalu nukohfihya ragalhy rahyithu meehage loluga ahdhun ahlhuvaafa

wpDiscuz