މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރު ހދ.ކުޅުދުއްފުށި އަދި ގދ.ތިނަދޫގައި ބޭއްވުމަށް އެފްއޭއެމް އިން ނިންމައިފިއެވެ.

އެފްއޭއެމް އިން މިއަދު ނެރެފައިވާބަޔާނެއްގައި ބުނެފައިވާގޮތުގައި މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރު ބާއްވާނެ ދެ ރަށެއްގެ ގޮތުގައި ހދ.ކުޅުދުއްފުށި އަދި ގދ.ތިނަދޫ ބާއްވަން ނިންމީ ހާއްސަ ކޮމިޓީއަކުން އެކަން ބެލުމަށް ފަހުގައެވެ.

މުބާރާތުގެ ފައިނަލް ބުރު ދެ ރަށެއްގައި ކުރިއަށްގެންދިޔުމަށް ހަމަޖައްސާފައި ވާއިރު، އެ މުބާރާތް ބާއްވަން ބޭނުންވާ ރަށްތަކަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލި ފުރުޞަތުގައި ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ހދ.ކުޅުދުއްފުށި، ބ.އޭދަފުށި، ތ.ތިމަރަފުށި، ދ.ކުޑަހުވަދޫ، ގދ.ތިނަދޫ އަދި އައްޑޫ ސިޓީ އިންނެވެ.

އަންނަ ޖުލައި މަހުގެ 5 ން 18 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފައިނަލް ބުރުގައި ކުޅުދުއްފުށީގައި ވާދަ ކުރާނީ އުތުރުގެ ހަތަރު ޗެމްޕިއަނުންކަމަށްވާ މާޅޮހާއި, މިލަންދޫގެ އިތުރުން އޭދަފުއްޓާއި, ކުޅުދުއްފުއްޓެވެ. އަދި ތިނަދޫގައި ވާދަ ކުރާނީ ދެކުނަށް ނިސްބަތްވާ ހަތަރު ޗެމްޕިއަނުންނެވެ. އެއީ ދ.ކުޑަހުވަދޫ އާއި، ތ.ތިމަރަފުށި އަދި ތިނަދޫގެ އިތުރުން އައްޑޫ ސިޓީ ފޭދޫއެވެ.

NO COMMENTS

Leave a Reply