ބާސްކެޓް ބޯލް އެސޯސޭޝަންއާއި، ޑަބްލިޔު ސްޕޯޓްސް އެކަޑަމީ ގުޅިގެން ކުޅުދުއްފުށީގައި ބާސްކެޓް ބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

“ތްރީ އޮން ތްރީ ބާސްކެޓް ޗެލެންޖްގެ 2017” ނަމުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި 2 އިވެންޓެއްވެސް ކުރިއަށްދާނެއެވެ. އެއީ ކްއަންޓަމުން ސްޕޮންސަރކޮށްފައިވާ ކިންގް އޮފް ރިންގް 2017 އާއި، ލަ ސްޓަންޒާއިން ސްޕޮންސަރ ކޮށްފައިވާ ތްރީ ޓޮޕް ޗެލެންޖެވެ.

ޑަބުލިއު ސްޕޯޓްސް އެކަޑަމީގެ މަސްޢޫލުވެރިޔާ އައުޝަން މިނޫހަށް މަޢުލޫމާތު ދެމުން ބުނީ މިމުބާރާތުގެ މަޤްޞަދަކީ ބާސްކެޓް ބޯޅަ އިތުރަށް ފޯރިގަދަކުރުމާއި، ބާސްކެޓަށް ގެއްލިފައިވާ ފޯރި އަލުން އަބުރާން ގެނައުން ކަމަށެވެ. އެގޮތުން މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި 10 ޓީމް އަދި އަންހެން ޑިވިޝަންގައި 3 ޓީމް ބައިވެރިވެފައިވާ ކަމަށާއި، މި ޓީމްތަކުގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅެފައިވާ ކުޅުންތެރިން ހިމެނޭކަން އައުޝަން ފާހަގަކުރިއެވެ. މުބާރާތުގެ ރެފްރީންނާއި އޮފިޝަލް ގެނައުމަށް ހަމަޖެހިފައިވަނީ މާލެއިން ކަމަށް އައުޝަން ބުންޏެވެ.

މި ޖޫންމަހުގެ 27 ން 30 އަށް ސްޓޭޑިއަމްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެޗްތައް، މޫސުން ގޯސް ވެއްޖެނަމަ އޮންނާނީ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ އިންޑޯރ ކޯޓްގައެވެ.

NO COMMENTS

Leave a Reply