ރޭ ބޭއްވި ގުރުއަތުލުމުގެ ރަސްމިއްޔާތު / ފޮޓޯ:އެފްއޭއެމް

އެސްޓީއޯ މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލް ބުރުގެ ގްރޫޕް އެކެއްގެ ފުރަތަމަ މެޗްގައި ކުޅުދުއްފުޓާއި, އޭދަފުށި އަދި ގްރޫޕް ދޭއްގެ ފުރަތަމަ މެޗްގައި ތިނަދޫއާއި ކުޑަހުވަދޫ ވާދަކުރަން ޖެހިއްޖެއެވެ.

ގްރޫޕް 1 ގައި ހިމެނެނީ ހދ.ކުޅުދުއްފުށި، ބ.އަތޮޅު އޭދަފުށި، ށ.މިލަންދޫ އަދި އއ.މާޅޮސްއެވެ. މިގްރޫޕްގެ މެޗްތައް ކުޅޭނީ ކުޅުދުއްފުށީގައެވެ. މިގްރޫޕްގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 6 ވަނަ ދުވަހުއެވެ.

ގްރޫޕް 2 ގައި ހިމެނެނީ ގދ.ތިނަދޫ، ދ.ކުޑަހުވަދޫ، ތ. ތިމަރަފުށި އަދި އައްޑޫ ސިޓީ ފޭދޫއެވެ. ގްރޫޕް 1ގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ގދ.ތިނަދޫގައެވެ. ގްރޫޕް 1ގެ ދެވަނަ މެޗްގައި ވާދަކުރާނީ މިލަންދޫއާއި، މާޅޮސްއެވެ. އަދި ގްރޫޕް 2ގެ ދެވަނަ މެޗްގައި ވާދަކުރާނީ ތިމަރަފުއްޓާއި ފޭދޫއެވެ. ސެމީ ފައިނަލް މެޗްތަށް ކުޅުމަށް ދަތުރުކުރާ ޓީމްތަކަށް  އެފްއޭއެމްއިން ފަންސާން ހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން ބުނެއެވެ.

ފައިނަލް ރައުންޑްގެ ގަދަ ހަތަރު ޓީމް ދިވެހި ޕްރިމިއާރ ލީގްގައި ވާދަކުރާއިރު، އެހަތަރު ޓީމަށްވެސް ފުރަތަމަ ޑިވިޝަންގެ ހަތަރު ޓީމެކޭ އެއްގޮތަށް، ފައިސާގެއެހީވާނެކަމަށް އެފްއޭއެމްއިން މަޢުލުމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
Moosa Ali Jaleel
Moosa Ali Jaleel

Kalo mi habaru furihamatha. Koba match thah kulhey thaareehu thah.

wpDiscuz