ވ.ކެޔޮދޫއިން ފިސްތޯލައެއް ފެނިއްޖެއެވެ.

މިފިސްތޯލަ ފެނިފައިވަނީ އެރަށު ބަނދަރު ސަރަޙައްދުގައި އުޅުން ކުދިންތަކަކަށް މިއަދު ހެނދުނު 11:30 ހާއިރުއެވެ.

އެ ރަށުން މިނޫހަށް މަޢުލޫމާތު ދިން މީހަކު ބުނީ ފިސްތޯލަ ފެނުނީ ބަނދަރު ސަރަހައްދުން ކަމަށާއި، އެ ފެނުނީ އެ ސަރަހައްދަށް މޫދަށްއެރި، މަސްބާނަން އުޅުން ކުދިބަޔަކަށް ކަމަށެވެ. އެ ކުދިންނަށް އެއީ އަސްލު އެއްޗެއްހެން ހީވެގެން މީހަކު މެދުވެރިކޮށް ކައުންސިލަށް އެންގި ކަމަށާއި، އެ ރަށަށް މި ވަގުތު ޗުއްޓީ އަށް ގޮސް ހުރި ސިފައިންގެ މީހަކު އެ ބެލުމަށް ފަހު އެއީ އަސްލު އެއްޗެއްކަން ކަށަވަރުކޮށްދިން ކަމަށް ވެސް އެ މީހާ ބުންޏެވެ. އަދި ސިފައިންގެ މީހާގެ ބެލުމުގެ ދަށަށް އެފިސްތޯލަ ގެންދިޔަކަމަށް އެމީހާ ބުންޏެވެ.

މިހާރު ވަނީ މި ހަތިޔާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ފުލުހުން ގެންދަނީ އެ މައްސަލަ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz