މާލޭގެ އުތުރު ފަރާތު ހަ ނަންބަރު ޖެޓީ ކުރިމަތީ އޮތް މަކުނުދޫ އައިލެންޑް ރިސޯޓްގެ ލޯންޗެއްގައި އަލިފާން ރޯވެ، ހިނގި އަލިފާނުގެ ހާދިސާއެއްގައި ކުޅުދުއްފުށީ ޒުވާނަކު ފިހިއްޖެއެވެ.

މިހާދިސާގައި ފިހިފައިވަނީ ކުޅުދުއްފުށީ ރަބަރުމާގެ، މިދުހަތު މުޙައްމަދު (22އ) އެވެ. އޭނާގެ އަތާއި، ފައި ވަނީ ފިހިފައެވެ. އޭނާގެ އިތުރުން އެ ލޯންޗްގައި ތިބި 3 މީހަކުވެސް ވަނީ ފިހިފައެވެ.

އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރ އަޙްމަދު މައުސޫމް “ސަން” އަށް ވިދާޅުވީ އެހާދިސާގައި ފިހިފައިވާ ހަތަރު މީހުންނަކީ ވެސް ދިވެހިން ކަމަށާއި އެމީހުންގެ ހާރު ސީރިއަސް ނޫން ކަމަށެވެ. އެމީހުންނަށްދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.

މިއަދު މެންދުރުފަހު  2:15 ހާއިރު ހިނގި މިހާދިސާގައި އަލިފާން ރޯވި މަކުނުދޫ އައިލެންޑް ރިސޯޓްގެ “ކިވީ” ނަމަކަށް ކިޔާ ލޯންޗްގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ މިއަދު މެންދުރުފަހު 2:48 ހާއިރުއެވެ. އެލޯންޗްގައި އަލިފާން ރޯވެ މިހާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

 

NO COMMENTS

Leave a Reply