އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގެ ގްރޫޕް 1 ގެ ފުރަތަމަ މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުށީ ޓީމާއި، ކުޅުދުއްފުށީ ޓީމް ބައްދަލުކުރި މިމެޗްގައި ދެ ޓީމުންވެސް ދައްކާފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. އޭދަފުށީ ޓީމުން އުއްފެދި ނުރައްކާތެރި ގިނަ ހަމަލާތަކެއް ކުޅުދުއްފުށީ ޓީމްގެ ކީޕަރު ދިފާއުކޮށްފައިވާއިރު، އޭދަފުށީ ގޯލަށް މާގިނަ ހަމަލާތަކެއް ދެވިފައެއް ނުވެއެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މިމެޗްގައި ދެ ރީނދޫ ކާޑު ފެނިގެން ގޮސްފައިވެއެވެ.

މިގްރޫޕްގެ މާދަމާގެ މެޗްގައި ބައްދަލުކުރަނީ އއ.މާޅޮހާއި ށ.މިލަންދޫގެ ޓީމެވެ. މެޗް ފެށޭނީ ހަވީރު 3:50 ގައެވެ

ގްރޫޕް 2 ގެ ފުރަތަމަ މެޗްގައި ތިނަދޫ އާއި ކުޑަހުވަދޫ މިއަދު ކުޅުނު މެޗްވެސް ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz