ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގެ އޯޕަން ޑޭ އަންނަ ހޮނިހިރު ދުވަހު އޮންނާނެކަމަށް އެ ކެމްޕަހުން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން މެންދުރު 12:00 އަށް އަދި މެންދުރުފަހު 2:00 ން ހަވީރު 4:00 އަށް އޮންނަ މި އޯޕަންޑޭގައި އޮންނާނީ އަންނަ ސެޕްޓެމްބަރ މަހު އެކެމްޕހުގައި ފަށާ ކޯސްތަކާ ބެހޭ މަޢުލޫމާތު ދިނުންކަމަށް އެކެމްޕަހުން މަޢުލޫމާތުދެއެވެ.

ވިލާ ކޮލެޖުން މާލޭގައި ހިންގާ ކޮންމެ ކޯހެއްވެސް ދަރިވަރުން ހަމަވެއްޖެނަމަ އެކޮލެޖްގެ ކުޅުދުއްފުށީ ކެމްޕަހުގައި ފެށުމަށް ހަމަޖެހިފައިވާއިރު، ކޯހެއް ފެށޭނީ މަދުވެގެން 15 ދަރިވަރުން ހަމަވުމުންކަމަށް އެކެމްޕަހުން ބުނެއެވެ.

ސެޕްޓެމްބަރ މަހު ކުޅުދުއްފުށީ ކެމްޕަހުގައި ފަށުމަށް  ހަމަޖެހިފައިވާ ކޯސްތަކުގެތެރޭގައި  ސެޓްފިކެޓް 3 އިން އައިޓީ، ހިއުމަން ރިސޯސް މެނޭޖްމެންޓް، ސެޓްފިކެޓް 4 އިން ހިއުމަން ރިސޯސް މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމެންޓް، މަލްޓި މީޑިއާ ޓެކްނޮލޮޖީ، ޑިޕްލޮމާ އިން އައިޓީ، ބެޗްލަރ އޮފް އައިޓީ، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޝަރީއާ އެންޑް ލޯ، އާރޓްސް-އެކައުންޓިންގ އެންޑް ފައިނޭންސް، ޓީޗިންގ-އިންގްލިޝް، މާސްޓަރ އޮފް އެޑިއުކޭޝަން، އެޑިއުކޭޝަން، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ޝާރީއާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz