މިއަހަރު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ހދ.އަތޮޅުން ބައިވެރިކުރާނެ ފަރާތްތައް ހޮވުމަށް ބާއްވާ އޮޑިޝަން ކުޅުދުއްފުށީގައި މިއަދު ފަށައިފިއެވެ.

ކުޅުދުއްފުށީގައި ހުންނަ ނޯދަން އޮފީސް ކޮޕްލެކްސް (ކުރީގެ ޤައުމީ އިދާރާ) ގެ ޖަލްސާކުރާ މާލަމްގައި ކުރިއަށްދާ މިއޮޑިޝަން ކުރިއާށްދާނީ މި މަހުގެ 7 އަދި 8 ގައެވެ.

މި އޮޑިޝަންގައި ހދ.އަތޮޅުގެ 10 ރަށަކުން 123 ދަރިވަރުން ބައިވެރިވެއެވެ. އެގޮތުން ފޮތުން ކިޔެވުމުގެ ބައިގައި 119 ދަރިވަރުން ވާދަކުރާއިރު ހިތުން ކިޔެވުމުގައި ބައިވެރިވެފައި ވަނީ 5 ފަރާތަކުންނެވެ. އޮޑިޝަންގައި ބައިވެރިނުވަނީ ކުމުންދޫ، ފިނޭ އަދި ހިރިމަރަދޫއެވެ.

މި އޮޑިޝަން ޖަޖުކުރައްވަނީ 1437 ވަނަ އަހަރުގެ އެންމެ އަލިގަދަ ތަރީގެ މަޤާމް ހޯއްދަވާފައިވާ ށ.ފޯކައިދޫ، މާވާގޭ އާދަމް ނަސީމެވެ.

ޤައުމީ ޤުރުއާން މުބާރާތަށް ހޮވޭނީ ކޮންމެ ގޮތްޕަކުންވެސް، މިއޮޑިޝަނުން އެންމެ މަތީ މާކްސް ލިބޭ 2 ފަރާތެކެވެ. ބައިވެރިވެފައިވާ ފަރާތުން އެއްގޮތްޕަށްވުރެ ގިނަ ގޮފީގައި ބައިވެރިވީ ނަމަވެސް، ޤައުމީ މުބާރާތުގައި ވާދަކުރެވޭނީ އިޚްތިޔާރުކުރާ ކޮންމެވެސް އެއް ގޮފީގައެވެ.

32 ވަނަ ޤައުމީ ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ސެޕްޓެމްބަރ 2017 ގައި، މާލޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz