އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގެ ގްރޫޕް 1 ގައި މިލަންދޫ ބަލިކޮށް މާޅޮސް ޓީމުން މޮޅަކާއެކު މުބާރާތް ފަށަފިއެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މިމެޗް މާޅޮސް ޓީމުން ކާމިޔާބުކުރީ 2-0 ންނެވެ.

މިއަދުގެ މެޗް ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔައީ މާޅޮހެވެ. ނަތީޖާއެއްގެ ގޮތުން 17 ވަނަ މިނެޓްގައިވަނީ އެޓީމްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ ގޯލް ޖަހާފައިވަނީ މެޗްގެ 68 ވަނަ މިނެޓްގައެވެ.

މި ގްރޫޕްގައި ދެން މެޗެއް ކުޅޭނީ އަންނަ އާދިއްތަ ދުވަހުއެވެ. ބައްދަލުކުރާނީ ކުޅުދުއްފުއްޓާއި، މާޅޮސް ޓީމެވެ.

NO COMMENTS

Leave a Reply