ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރ ޙުސައިން ޝަހުދީ ޕީޕީއެމްއިން ވަކިވެޑައިގެންފިއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލްއަށް ޝަހުދީ މިއަދު ފޮނުއްވެވި ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ މިވަގުތު އެއްވެސް ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމަށް ބޭނުން ނުވާތީ މިއަދުން ފެށިގެން ޕީޕީއެމްގެ ދަފުތަރުން އުނިކޮށްދެއްވުން އެދިވަޑައިގަންނަވާކަމަށެވެ.

ޝަހުދީ ޕީޕީއެމްއިން ވަކިވެ ވަޑައިގެންވި އިރު އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހް މުޙައްމަދުގެ އިތުބާރު ނެތް ކަމަށް ބުނެ މަޖިލީހަށް ވެއްދި މައްސަލައިގެ ޤަރާރުގައި ސޮއި ކުރެއްވި 45 މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މެންބަރެކެވެ.

ޝަހުދީ ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ ޕީޕީއެމް އާއި އެމްޑީއޭ ގުޅިގެން “އުއްމީދީ 16” ގެ ނަމުގައި 21 ޖެނުއަރީ 2016 ވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައެވެ. ޝަހުދީއަށް މަރުހަބާ ދެއްނެވީ ޕީޕީއެމްގެ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްވެ. ޝަހުދީއަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ހަނިމާދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި މެމްބަރެކެވެ.

NO COMMENTS

Leave a Reply