32 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ހދ.އަތޮޅު ތަމްޞީލް ކުރާނެ ދަރިވަރުން ކަނޑައަޅައިފިއެވެ.

މިމުބާރާތުގައި، ހދ.އަތޮޅުން ވާދަކުރާނެ ދަރިވަރުން ކަނޑައަޅާފައިވަނީ، މިމުބާރާތުގައި ބައިވެރިވާން އެދުނު ފަރާތްތަކަށް ބޭއްވުނު އޮޑިޝަންގެ ނަތީޖާއަށް ބަލައިގެންނެވެ.  އެގޮތުން ޤައުމީ ޤުރުއާން މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ބައިން 6 ދަރިވަރުން އަދި ހިތުން ކިޔެވުމުގެ ބައިގައި 2 ދަރިވަރުން ބައިވެރިވާނެއެވެ.

32 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ހދ.އަތޮޅުން ބައިވެރިވުމަށް ހޮވުނު ދަރިވަރުންނަކީ:-

1. ޢާއިޝަތު މަލްސާ، ޑޭޒީވިލާ / ހދ.ނެއްލައިދޫ (10 ފޮތުން، ބަލައިގެން)
2. ޙުސައިން ޔާނިމް، ބުލްބުލްވިލާ / ހދ.ނެއްލައިދޫ (10 ފޮތުން، ބަލައިގެން)
3. ޝައްމާ މުޙައްމަދު، ގަހާ / ހދ.ނޮޅިވަރަން (20 ފޮތުން، ބަލައިގެން)
4. ޝުރްފާ އިބްރާހީމް ޝަރީފް، ރޯޒްމީޑް / ހދ.މަކުނުދޫ (20 ފޮތުން، ބަލައިގެން)
5. އަޙްމަދު ޚަލަފް، ހަވޭލީމަންޒިލް / ހދ.ނޮޅިވަރަންފަރު (30 ފޮތުން، ބަލައިގެން)
6. ސަމްޙާ ޢަލީ ރިޟާ، ހިރި / ހދ.ކުޅުދުއްފުށި (30 ފޮތުން، ބަލައިގެން)
7. ފައިޙާ ޢަބްދުﷲ ޢަޤީލް، ފަލްކަމް / ހދ.ވައިކަރަދޫ (5 ފޮތުން، ހިތުން)
8. މާޔާ މުޙައްމަދު، ގަހާ / ހދ.ނޮޅިވަރަމް (5 ފޮތުން، ހިތުން)

ޤައުމީ ޤުރުއާން މުބާރާތަށް ހޮވާފައިވަނީ، ކޮންމެ ގޮތްޕަކުންވެސް، އޮޑިޝަނުން އެންމެ މަތީ މާކްސް ލިބުނު 2 ފަރާތެކެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 23 ސެޕްޓެމްބަރ 2017 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz